އެމެރިކާގެ މުޒާހަރާތަކުގައި ފުލުހުން ބާރުގެ ބޭނުންކުރާތީ ހޮންގްކޮންގްގެ ލީޑަރު ފާޑުވިދާޅުވެއްޖެ

އެމެރިކާގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން--

ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން މިހާރު އެމެރިކާގައި ކުރިއަށްދާ ބޮޑެތި މުޒާހަރާތަކުގައި އެގައުމުގެ ފުލުހުން ބާރުގެ ބޭނުންކުރާތީ ހޮންގްކޮންގްގެ ލީޑަރު ކެރީ ލިމް ވަރަށް ފާޑުވިދާޅުވެއްޖެ އެވެ.

ކެރީ ވިދާޅުވީ މިހާރު އެމެރިކާގައި ކުރިއަށްދާ މުޒާހަރާތަކުގައި ތަންތަން ލޫޓުވާ ހަދައި ގެއްލުންދޭތަން ފެންނަމުންދާ ކަމަށާއި އަދި އެކަމާ ދެކޮޅަށް އެމެރިކާގެ ފުލުހުން ނުކުމެފައިވާ ކަމަށެވެެ.

ނަމަވެސް ހޮންގްކޮންގައި ދާދި ފަހަކާ ޖެހެންދެން ކުރި މުޒާހަރާތަކުގައިވެސް ތަންތަނަށް ގެއްލުންދީ ހަދާތީ ފިޔަވަޅު އެޅުމުން އެމެރިކާއަށް ހަޖަމުނުވާ ކަމަށެވެ.

ފްލޮއިޑްގެ މަރާ ގުޅިގެން މުޒާހަރާ ކުރާ މީހުންނަށް ކަރުނަ ގޭހާއި ރަބަރު ގޭހުން ފުލުހުން ދަނީ ރައްދު ދެމުންނެވެ. މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ ބައެއް ސިޓީތަކުގައި ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެެ. މީގެ ކުރިން އެފަދަ ގޮތަަކަށް ކާފިއު އިއުލާންކޮށްފައިވަނީ އެމެރިކާގެ އެފްރިކަން އެމެރިކަން ސިވިލް ރައިޓްސް އެކްޓިވިސްޓް މާޓިން ލޫދާ ކިންގް އަވަހާރަވުމާ ގުޅިގެން ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެންނެވެ.

"އެމެރިކާއިން އެމީހުންގެ އަމިއްލަ ގައުމުގެ އަމަން އަމާންކަން ވަރަށް ސީރިއަސްކޮށް ނަގާ. އެކަމަކު މިގައުމުގެ ސެކިއުރިޓީ ހާއްސަކޮށް ހޮންގްކޮންގްއާ މެދު ދެކެނީ މުޅިން އެހެން ނަޒަރަކުން" ކެރީ ވިދާޅުވި އެވެެ.

ހިންގްކޮންގްގައި ކުރިއަށް ދިޔަ މުޒާހަރާތައް ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެ ތަންތަނަށް ގެއލްުންދޭން ފެށުމުން އެފަދަ އަމަލުތައް ކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުަށް ޓެރެރިޒަމްގެ ގާނޫނެއްވެސް ފާސްކުރި އެެވެ.

އެ މައްސަލައިގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެެ. -- ޕްރެސްޓީވީ--

comment ކޮމެންޓް