ވައިރަސް އިން ރަނގަޅުވި މީހުންގެ އަދަދު 608 އަށް އަރައިފި

ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭ މަގުތަށް ބާރުބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް-19 ޖެހި އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 608 އަށް އަރައިފި އެވެ.

ކޮވިޑް-19 ޖެހި އެ ބަލިން އިއްޔެ ވަނީ 35 މީހަކު ރަނގަޅުވެފައެވެ. އެއާއެކު އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 488 އަށް އަރާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އިން އެކުލަވާލާފައިވާ ޑޭޝްބޯޑުގައި ބުނާގޮތުގައި މިހާރު އެ އަދަދު ވަނީ 608 އަށް އަރާފައެވެ. އެހެންކަމުން މިއަދު އެ ބަލިން ވަނީ 120 މީހަކު ރަނގަޅު ވެފައެވެ. އަލަށް ރަނގަޅުވި މީހުންނާއެކު ރާއްޖޭގައި އެ ބަލީގެ ރިކަވަރީ ރޭޓް މިހާރު އުޅެނީ 33.24 ޕަސެންޓުގައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު އުޅެނީ 1،829 ގައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 1003 މީހުންނާއި 590 ދިވެހިންގެ އިތުރުން އިންޑިއާގެެ 186 މީހުންނާއި ނޭޕާލްގެ 23 މީހެއް އަދި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ނުވަމީހެއްގެ އިތުރުން ޕާކިސްތަނުގެ ތިން މީހަކާއި އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހެކެވެ. އަދި އެ ކޭސްތަކުގެ ތެރެއިން 1،212 ކޭސް އަކީ އެކްޓިވް ކޭސްއެވެ. އެކްޓިވް ކޭސްތަކުގެ ތެރެއިން ހޮސްޕިޓަލުތަކުން ފަރުވާ ދެމުން ގެންދަނީ 12 މީހަކަށެވެ.

ކޮވިޑް-19 ޖެހިގެން ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކޮށްފައި ހުރި 89 އަހަރުގެ ދިވެހި އަންހެނަކު މިއަދު ވަނީ މަރުވެފައެވެ. އެއާއެކު ރާއްޖެއިން އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ހަކަތަށް އަރާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް