ކޮވިޑާ ގުޅިގެން ކުޅުދުއްފުށްޓަށް ދިމާވާ ދަތިތައް ބައްލަވައިފި

ކުޅުދުއްފުށި ސިޓީއަށް ދިމާވާ ދަތިތައް ބެއްލެވުމަށް މިއަދު ބޭއްވި އޮންލައިން ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާ ގުޅިގެން ހދ. ކުޅުދުއްފުއްޓާއި އެ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ދިމާވަމުންދާ ދަތިތަކާ ގޮންޖެހުންތައް، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްލަވައިފި އެވެ.

އޮންލައިންކޮށް މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ، ކުޅުދުއްފުއްޓަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ކުޅުދުއްފުށީގެ ދެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރާއި އެރަށު ކައުންސިލް މެންބަރުންނާއި ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

އެ ބައްދަލުވުމުގައި، ފައިސަލް ނަސީމް ވަނީ ކުޅުދުއްފުށީގެ ދެ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް ވެސް އޮޅުންފިލުއްވާފައެވެ.

އަދި އެ ސިޓީގައި ހިންގަމުންދާ ބައެއް މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުގެ އިތުރުން ހޮސްޕިޓަލުގެ މަސައްކަތްތައްވެސް އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ. ކުޅުދުއްފުށީގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެސިޓީގެ އެކިދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސް މެންބަރުން އެދިވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ހޮސްޕިޓަލުގެ އިސްވެރިން ވަނީ ބައެއް މުހިއްމު މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ހޮސްޕިޓަލުގެ ވެއިޓިން ކެޕޭސިޓީގެ ދަތިތަކާއި ޖާގައިގެ ދަތިކަން އެ ބޭފުޅުން ވަނީ ހިއްސާކުރައްވާފައެވެ.

comment ކޮމެންޓް