އެލް ސަލްވަޑޯއަށް އެރި ތޫފާނެއްގައި 14 މީހަކު މަރުވެއްޖެ

އެލް ސަލްވަޑޯއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ކުރިމަތިވެފަ -- ފޮޓޯ: ރޮއިޓާސް

ސަން ސަލްވަޑޯ (ޖޫން 2): އެލް ސަލްވަޑޯއަށް ބޯ ވާރެއާ އެކު އެރި ތޫފާން އަމަންޑާގެ ސަބަބުން 15 މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އެލް ސަލްވަޑޯގެ އިންޓީރިއާ މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި އެ ތޫފާނުގައި ބޯކޮށް ވާރޭ ވެހި ވައި ގަދަ ވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ކިސަޑު ފައިބާފައިވެ އެވެ. އަދި އޭގެ ސަބަބުން ގެތަކާއި މަގުތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.

މީގެ އިތުރުން ތޫފާނުގައި 15 މީހަކު މަރުވުމުގެ އިތުރުން ހަތް މީހަކު ގެއްލިފައިވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގައުމުން ވަނީ މިހާތަނަށް 7000 ވަރަކަށް މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

އެލް ސަލްވަޑޯގެ ވެރިރަށް ސަން ސަލްވަޑޯގެ މޭޔަރު އާނެސްޓޯ މުޔުޝޮންޓް ވިދާޅުވި ގޮތުގައި ތޫފާނުގައި މަރުވި މީހުންގެ ތެރެއިން ހަތް މީހަކު މަރުވީ އެ ސިޓީންނެވެ. އަދި މި ތޫފާނާ ކުރިމަތިލާން ޖެހިފައި ވަނީ ކޮރޯނާވައިރަސް ބަލިމަޑުކަން ފެތުރެމުންދާ ދަނޑިވަޅެއްގައިކަން އޭނާ ފާހަގަ ކުރައްވައިފަ އެވެ.

އެ ތޫފާނުން ލިބުނު ގެއްލުންތަކާ ގުޅިގެން އެލް ސަލްވަޑޯގެ ސަރުކާރުން ވަނީ 15 ދުވަހަށް ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އަދި އެގައުމަށް ލިބުނު ގެއްލުމުގެ އަގު 200 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބުނެފަ އެވެ.

އެލް ސަލްވަޑޯ އިން މިދިޔަ މާޗް މަހު ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުގެ 2،500 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ބަލީގައި 46 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް