ވަގަށް ނެގި ތިން ބައިސްކަލް ހޯދައި ވެރިންނާ ހަވާލުކޮށްފި

އައްޑޫ ސިޓީގައި ވަގަށް ނަގާފައިވާ ތިން ބައިސްކަލް ހޯދައި އޭގެ ވެރިންނާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ މެއި މަހުގެ 30، 31 އަދި މި މަހުގެ އެއްވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ގެއަކުން ބައިސްކަލް ވަގަށް ނެގި މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލަތަކާ ގުޅިގެން އުމުރުން 49 އަހަރާއި39 އަހަރުގެ ދެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވަގަށް ނެގި ތިން ބައިސްކަލުވެސް މިހާރު ހޯދާފައިވާ ކަމަށާއި އެ ތަކެތީގެ ވެރިންނާ މިހާރު ބައިސްކަލުތައް ހަވާލުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް