ތުރުކީގައި ރެސްޓޯރެންޓްތައް ހުުޅުވައި އެތެރޭގެ އުދުހުންތައް ފަށައިފި

ތުރުކީގެ ބާޒާރު ސަރަހައްދެއް---

ކޮރޯނާ ވައިރަސްއާ ގުޅިގެން ތުރުކީގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މަޑުމަޑުން ލުޔެއް ދޭން ފަށައިފި އެވެެ.

އެގޮތުން އިއްޔެއިން ފެށިގެން އެގައުމުގެ ރެސްޓޯރެންޓްތައް ހުުޅުވައި އެތެރޭގެ އުދުހުންތައް ފަށައިފައިވާއިރު ބައެއް ބީޗުތައް ހުޅުވާލައި މިއުޒިއަމްތައްވެސް އަލުން ވަނީ ހުޅުވާލައިފަ އެވެެ.

ތުރުކީން މިހާރު ވަނީ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރުނު 15 ސަރަހައްދަކަށް ވައިގެ ދަތުރުތައް ކުރުމުގެ ހުއްދަ ދީފައެެވެ. އެއާއެކު ޓާކިޝް އެއާލައިންއިން ވަނީ 156 މީހުން ގޮވައިގެން އަންކާރާއިން އިސްތަންބޫލަށް ދަތުރެއް ބާއްވައިފަ އެވެެ.

އިސްތަންބޫލް، އަންކާރާ، އިޒްމީރު، އަނަތާލިޔާ އަދި ޓްރަބްޒޯންއަށް ދަތުރުތައް ފެށިއިރު މަޑުމަޑުން އެހެން ހިސާބުތަކަށްވެސް ދަތުރުތައް ފަށާނެކަމަށް ތުރުކީން ބުނެ އެވެެ.

ލުއިތައް ދޭން ފެށުމާއެކު އިސްތަންބޫލްގެ މަގުތައް ކުރިއެކޭ އެއްގޮތަށް ފެންނަނީ ކާރުބާރު ބޮޑުކޮށެެވެ.

ރެސްޓޯރެންޓްތަކާއި ކެފޭތައް ހުޅުވާލި ނަމަވެސް އެތަންތަނަސް ވަދެވެނީ ކުރިއަށްވުރެ މަދު ބަޔަކަށެެވެ. އެ ތަންތަން އަލުން ހުޅުވާލީ ބަންދުކޮށްފައި އޮންނަތާ ދެ މަސް ފަހުންނެވެ. މީގެ ކުރިން ހަމައެކަނި ނަގަމުން ދިޔައީ ޓޭކް އަވޭ އެކަންޏެވެ.

ވިޔަފާރިތައް ހުޅުވާލީ ގައިދުރުކަމުގެ އުސޫލްތައް ވަރަށް ބޮޑަށް ތަންފީޒުކުރާ ގޮތަށެެވެ.

އަލަށް ދިން ލުއިތަކާ އެކުވެސް ބާ ތަކާއި ނައިޓް ކްލަބްތައް އަދިވެސް ބަންދުވާނެއެވެެ. އަދި 65 އަހަރުން މަތީގެ މީހުން ތިބެން ޖެހޭނީ ގޭގަ އެެވެ.

ތުރުކީން ލުޔެއް ދޭން ފެށިއިރު އެގައުމުގައި ކޮރޯނަ ފެތުރޭ މިންވަރު ވަނީ ދަށަށް ގޮސްފައެެވެ. ކޮރޯނާ ޖެހިފައިވާ 160،000 އަށް ވުރެ ގިނަ މީހުން ތުރުކީން ފެނިފައިވާއިރު ބަލީގައި 4500 މީހުން ވަނީ މަރުވެފައެވެެ. -- އޭއެފްޕީ

comment ކޮމެންޓް