ހަމަނުޖެހުން ހިންގައި، މެމްބަރުންނަށް އަނިޔާވެއްޖެ

މިރޭގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގައި މިރޭ މެންދަމު ބޭއްވި ޖަލްސާ ހޫނުވެ، މެމްބަރުންގެ މެދުގައި ހަމަނުޖެހުން ހިންގައި، ބައެއް މެމްބަރުންނަށް އަނިޔާވެއްޖެ އެވެ.

މިހާރު ތިބި ކައުންސިލަރުން ދެން އިންތިހާބެއް ބޭއްވެންދެން އެ މަގާމުގައި ތިބެވޭނެ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިރޭ ބޭއްވި ޖަލްސާ ހޫނުވެގެން ދިޔައީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމްގެ ނަން ރިޔާސަތުން އިއްވުމާ ހިސާބުންނެވެ.

ރިޔާސަތުން ނަން އިއްވުމާ އެކު ޝިޔާމް ބޭރަށް ނިކުމެވަޑައިނުގެން، ތަޅުމުގައި މަޑުކުރެއްވުމުން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އޭނާ ނެރުމަށް މަސައްކަތް ކުރި އެވެ.

https://twitter.com/tedmaldives/status/1267576983518666755?s=20

އެހިސާބުން އޭނާ ނެރުވުމަށް މެމްބަރުންގެ މެދުގައި ހިނގި ހަމުޖެހުންތަކުގައި ޝިޔާމް އާއި އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވެސް އަނިޔާވެފައިވާ ފޮޓޯތައްް ޝޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

އެ ހަމަނުޖެހުންތަކުގެ ވީޑިއޯ ވެސް މިހާރު ޝޯޝަލް މީޑިއާގައި ދަނީ ދަރުވަމުންނެވެ. ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެމްޑީޕީގެ މެމްބަރުން ގަދަަކަމުން ޝިޔާމް މަޖިލިސް ތެރެއިން ނެރުމަށް މަސައްކަތް ކުރާތަން ފެނެ އެވެ. އަދީ ޝިޔާމްގެ ދިފާއުގައި ބައެއް މެމްބަރުން އޭނާ ނެރުނަނުދިނުމަށް މަސައްކަތް ކުރަމުންދިޔަ ތަން ފެނެއެވެ. އެ ކަންކަތައްގަނޑު ތެރޭ ޝިޔާމް ބިންމައްޗަށް ވެއްޓޭތަން ވެސް ފެނެ އެވެ. ނަމަވެސް އަނެއްކާ ވެސް އެމްޑީޕީ މެމްބަރުން ވަނީ އޭނާ މަޖިލީގުން ގަދަކަމުން ނެރެފަ އެވެ.

ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޝިޔާމް ގަމީސް ވެސް ވަނީ ވަރަށް ބޮޑަށް ވީދިފަ އެވެ.

ޝިޔާމް އާއި އިދިކޮޅު ޕީޕީއެމް-ޕީއެންސީއަށް ނިސްބަތްވާ ބައެއް މެމްބަރުން މިވަގުތު ތިއްބެވީ މި މައްސަލަ ފުލުހަށް ހުށަހެޅުމަށް ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގަ އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރެވުމަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލަށް މުޅި މަޖިލީހުގެ ކޮމިޓީއަކުން އިސްލާހުތައް ގެނެސްފައި ވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އެ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ އެ އިސްލާހު ހުށަހަޅުއްވަން ޖެހޭނީ ވަކި ބިލެއްގެ ގޮތުގައި އަލުން ކަމަށެވެ.

comment ކޮމެންޓް