ޗައިނާގެ ސޫޒޯ ސިޓީ އިން މާލެ ސިޓީ އަށް ފޭސް މާސްކް ހަދިޔާކޮށްފި

ޗައިނާގެ ސިޓީއެއް ކަމަށްވާ ސޫޒޯ ސިޓީ އިން މާލޭ ސިޓީ ކައުންސިލަށް ފޭސްމާސްކް ހަދިޔާ ކޮށްފިއެވެ.

އެ ސިޓީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް 20،000 ފޭސް މާސްކު ހަދިޔާކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ މި މާސްކުތައް ބޭނުންކުރާނީ އެ ކައުންސިލުގެ މުވައްޒަފުންގެ ތެރެއިން ފްރަންޓުލައިންގައި މަސައްކަތްކުރާ ފަރާތްތައް ކަމަށެވެ.

މީގެ ކުރިންވެސް ބޭރުގެ އެކި ފަރާތްތަކުން ވަނީ މާލެ ސިޓީ ކައުންސިލަށް ކޮވިޑް 19 ގެ ހާލަތާ ގުޅިގެން ބޭނުން ކުރާނެ ތަކެތި ހަދިޔާ ކޮށްފައެވެ.

އެގޮތުން ޗައިނާގެ ގުއާންޒީ ސިޓީ އިންވެސް ވަނީ ސިޓީ ކައުންސިލުން ބޭނުންކުރާނެ މާސްކާއި އަންގި ފަދަ ތަކެތި ހަދިޔާކޮށްފައެވެ. އަދި ސްރީލަންކާގެ ރައްޔިތަކުވެސް ވަނީ މާލެ ސިޓީ ކައުންސިލްގެ ފްރަންޓުލައިން މުވައްޒަފުން ބޭނުންކުރާނެ ސޭފްޓީ އިކުއިޕްމެންޓްސް ހަދިޔާ ކޮށްފައެވެ.

comment ކޮމެންޓް