ރާއްޖޭގައި ކޮވިޑް ޖެހުނު ބަންގްލަދޭޝް މީހުންގެ އަދަދު ހާސް ހުރަސްކޮށްފި

ޖޫން 1، 2020: ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭ މަގުތަށް ބާރުބޮޑުުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑް ޖެހުނު ބަންގްލަދޭޝް މީހުންގެ އަދަދު 1003 އަށް އަރައިފި އެވެ.

ރާއްޖެ އިން މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 1829 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 1003 މީހުންނާއި 590 ދިވެހިންގެ އިތުރުން އިންޑިއާގެެ 186 މީހުންނާއި ނޭޕާލްގެ 23 މީހެއް އަދި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ނުވަ މީހެއްގެ އިތުރުން ޕާކިސްތަނުގެ ތިން މީހަކާއި އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހެކެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި 56 މީހުންގެ ތެރޭގައި ހިމެނެނީ 29 ބަންގްލަދޭޝް ރައްޔިތުންނާއި 27 ދިވެހިންނެވެ. މީގެ ތެރޭގައި އެއްވެސް ކްލަސްޓާއަކަށް ނިސްބަތްނުވާ ހަތަރު ބިދޭސިން ހިމެނެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން ހަ މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހެކެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުންދާ މީހުންގެ އަދަދަކީ 1333 އެވެ. މީގެ ތެރެއިން 12 މީހަކަށް ޓްރީޓޮޕްގެ ވޯޑުގައި ފަރުވާ ދެމުންދާއިރު އެކަކަށް ފަރުވާދެމުންދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

ކޮވިޑް ޖެހިފައި ތިބޭ ބިދޭސިންގެ ތެރޭގައި ހިމެނެނީ ތޮއްޖެހިގެން އެކުގައި އެއްތަނެއްގައި އުޅޭ މީހުންނެވެ. މިފަދަ ތަންތަނުގައި ތިބޭ ބިދޭސިން އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް