އެމްއައިބީގެ ކަސްޓަމަރުންނަށް ކޭޝްބެކް ޕްރޮމޯޝަނެއް

އެމްއައިބީ ހެޑް އޮފީސް -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން އެމްއައިބީގެ ޕޮސް، ފައިސާ ޕޭ ނުވަތަ މޮބައިލް ޓްރާންސްފާ ބޭނުންކޮށްގެން ކުރާ ވިޔަފާރީގެ ދެ ޕަސެންޓް ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

މީގެ އިތުރުން އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ފަރާތަކަށް 10،000 ރުފިޔާ ގެ ފައިސާގެ އިނާމު އަދި ދެވަނަ އަށް އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ނަސީބުވެރި ހަތަރު ފަރާތަކަށް 2500 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ.

އެމްއައިބީ އިން ވަނީ ރޯދަމަހުވެސް ގޭގައި ތިބެގެން އޮންލައިން އަދި އިލެކްޓްރޯނިކް ޓްރާންސެކްޝަން ހަދާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އެ ޕްރޮމޯޝަނުގައި ކަނޑައަޅާފައިވާ 20،000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނީ އަބްދުﷲ ރަމީޒް އަށެވެ.

އިތުރު ހަ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ދިން އިރު ނަސީބު ވެރިންގެ ގޮތުގައި ހޮވިފައިވަނީ އާއިޝަތު އަބްދުއް ސައްތާރާއި، ހަސަން ނާސިހް، އަބްދުﷲ ސޯދިގުގެ އިތުރުން އަހުމަދު ނަޝީދު އުމަަރު، މޫނިސާ އާދަމް އަދި އައިމިނަތު އަހުމަދު ފުޅެވެ.

comment ކޮމެންޓް