ކޮވިޑް-19 ޖެހިގެން ރާއްޖެއިން ހަ ވަނަ މީހަކު މަރުވެއްޖެ

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކުރި ބަންގްލަދޭޝް މީހަކު މަރުވެއްޖެ އެވެ. މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި ހަ ވަނަ މީހާ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނިކޮށް މަރުވީ އުމުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން ހަ މީހަކު މަރުވި އިރު އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 1773 އެވެ.

އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 974 މީހުންނާއި 563 ދިވެހިންގެ އިތުރުން އިންޑިއާގެެ 186 މީހުންނާއި ނޭޕާލްގެ 23 މީހެއް އަދި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ނުވަމީހެއްގެ އިތުރުން ޕާކިސްތަނުގެ ތިން މީހަކާއި އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހެކެވެ.

ރާއްޖެއިން މިހާތަނަށް 453 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

comment ކޮމެންޓް