ޖޫން މަހުގެ ނިޔަލަށް އުރީދޫ ކަސްޓަމަރުންނަށް އިތުރު ޑޭޓާ!

މާޗް 3، 2020: އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ގުޅިގެން އުރީދޫ އިން އިއުލާނުކޮށްފައިވާ ބައެއް ހާއްސަ އޮފާތަކުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ ޖޫން 15 ގެ ކުރިން އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކަށް އިތުރު 50 ޕަސެންޓު ޑޭޓާ، ހިލޭ ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޖޫން މަހުގެ ނިޔަލަށް ހިލޭ 25 ޕަސެންޓު ޑޭޓާ ލބޭނެއެވެ.

ސުޕަނެޓް ފިކްސްޑް ބޮރޯޑްބޭންޑް ކަސްޓަމަރުންނަށް ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭއިރު ނަގާފައިވާ ސުޕަނެޓް ޕްލޭނަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، އެދުވަހަކަށް ލިބޭ މި 5ޖީބީ ޑޭޓާ، އެޕް މެދުވެރިކޮށް ހިލޭ އެކްޓިވޭޓް ކުރެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

ފަސޭހަ މިނީ އަލަށް ނަންގަވާ ކަސްޓަމަރުންނަށް 50 ޕަސެންޓު ބޯނަސް ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބޭނެއެވެ.

ހަމައެއާއެކު އެމް-ފައިސާ މެދުވެރިކޮށް ސުޕަނެޓް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ބިލު ދެއްކުމުން، ބިލުގެ 5 ޕަސެންޓު އަނބުރާ އެމް-ފައިސާ ވޮލެޓަށް ޖަމާވާނެއެވެ.

އުރީދޫން ބުނީ މިއީ ޕެންޑެމިކް ކުރިއަށް ދާ މުއްދަތުގައި އެއްވެސް މެދުކެނޑުމަކާއި ނުލާ، ލުއިފަސޭހަކަމާއި އެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައުއަށް ފުރިހަމަ މައުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލު ބަލާ ގުޅުން ބޭއްވުމުގެ ފުރުސަތު ލިބުމަކީ މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކި، މިކަމަށް މަގުފަހިކުރުމުގެ ގޮތުން އެކުންފުނިން ނިންމި ނިންމުމެއް ކަމަށެވެ.

އަދި ދިވެހި ސަރުކާރާއި، އެޗްޕީއޭ އަދި ކަމާގުޅޭ މުއައްސަސާތަކާއި ގުޅިގެން ކޮވިޑް19 އާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި އުރީދޫގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކުރިޔަށް އޮތް ތަނުގައިވެސް ދެމުންގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް