ކަސްޓަމްސް އާއި އެމްޕީއެލް އިން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަސްޓަމްސް އާއި އެމްޕީއެލް އިން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި އެވެ.

ދެ މުވައްސަސާ ގުޅިގެން މިއަދު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކަސްޓަމްސް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް، އަބްދުﷲ ޝަރީފް ވިދާޅުވީ ނިއު ނޯމަލް އާއެކު ކަސްޓަމްސްގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މެއި 29 އިން ޖޫން ފަހަކަށް ގިނަ ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޑޮކިޔުމެންޓޭޝަން ނިންމުމުގެ މަސައްކަތް އޮންލައިން ކޮށް ދޭނެ ކަމަށާއި 18 ސެކްޝަނެއްގެ މަސައްކަތް ކުރުމަށް މަދު އަދަދެއްގެ މުވައްޒަފުން އޮފީހަށް ނިކުމެ ހިދުމަތް ދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރޯދަ މަހަށްފަހު، ސީ ކާގޯ އެގްޒެމިނޭޝަންގެ މަސައްކަތް ކުރާނީ ހެނދުނު އަށަކުން ރޭގަނޑު 9:30 އަށް ކަމަށާއި އެއާ ކާގޯގެ މަަސައްކަތްވެސް ކުރާނީ މި ވަގުތުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހާބާ މެނޭޖުމެންޓް ސެކްޝަނުގެ މަސައްކަތްވެސް ކްލިޔަރެންސް ދޭން ޖެހިއްޖެ ހާލަތެއްގައި މަސައްކަތް ކުރާނެ ކަމަށާއި އެހެން ސެކްޝަންތަކުންވެސް ނީޑް ބޭސިސްގައި މަސައްކަތް ކުރާނެ ކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

"މިދުވަސްވަރު އެންމެ ބޮޑު ފޯކަސް އެއް މި ގެންގުޅެނީ ޒަރޫރީ ބޭނުންތަކަށް ރާއްޖެ އެތެރެކުރެވޭ ތަކެތީގެ ޑޮކިޔުމެންޓޭޝަން ނިންމާ ވީހާވެސް އަވަހަކަށް ކްލިޔާ ކޮށްގެން ގެންދިޔުން. ގަޑިތައް މިހެން ކަނޑައެޅިނަމަވެސް ގަޑިތައް ނިމޭފަހުންވެސް، ކޮންމެހެން ކްލިޔާ ކުރަންޖެހޭ ޝިޕްމެންޓުތައް ކްލިޔާ ކޮށްްދޭނެ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑާ ގުޅިގެން ކްލިޔާ ކުަންޖެހޭ ކޮންމެ އެއްޗެސްވެސް ވީހާވެސް އަވަހަކަށް ކްލިޔާ ކޮށްދޭނެ ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޖޫން އެކަކުން ފެށިގެން އެމްޕީއެލްގެ މުވައްޒަފުންގެ މަސައްކަތް ކުރާނީ ހެނދުނު 7:30 އިން ރޭގަނޑު 11 އަށް، ދެ ޝިފްޓަކަށް ބަހާލައިގެން ކަމަށެވެ.

ހެނދުނު އަށަކުން ރޭގަނޑު ނުވަޔަކަށް މުދާ ކްލިޔާ ކުރުމުގެ ހިދުމަތް ދޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. މާލެ ކޮމަޝަލް ހާބަރު އަދި ހުޅުމާލޭ ޓާމިނަލްގެ ހިދުމަތް މި ވަގުތުތަކުގައި ދޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން މުވައްޒަފުން އޮފީހުގައި ލޮކްޑައުންވެގެން ހިދުމަތް ދިންނަމަވެސް ދިން ލުޔާއެކު މާދަމާ އިން ފެށިގެން މުވައްޒަފުން މަސައްކަތްކުރާނީ ދެ ޝިފްޓަކަށް ބަހާލައިގެން، ގެއަށް ގޮސް އައިސް ހަދައިގެން ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްގެ ހުރިހާ ޕޭމެންޓުތައް އޮންލައިން ކޮށްފައިވާނެ ކަމަށާއި މުދާ ބަލައި އަންނަ ގްރޫޕުތައް ފިޔަވައި އެހެން ކަމެއްގައި ޑޮކިޔުމެންޓް އެކްސްޗޭންޖުކުރުމަށް ފިޒިކަލީ ދާން ނުޖެހޭނެ ކަމަށެވެ.

ލޮކްޑައުން އާއެކު ދިން ލުުއިގެ ސަބަބުން ގިނަ އަދަދެއްގެ ކޮންޓެއިނާ ކްލިޔާ ނުކޮށް އެބަހުރި ކަމަށާއި ނަމަވެސް މިހާރު ލޮކްޑައުން އަށް ދީފައިވާ ލުޔާއެކު ޖޫން 11 އިން ފެށިގެން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ ބަނދަރުގައި ކްލިއާ ނުކޮށް ހުރި މުދަލުން ޑެމަރޭޖު ފީ ނަގަން ފަށާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

https://sun.mv/137630

comment ކޮމެންޓް