ތިން ރަށެއްގެ ފެނުގެ ހިދުމަތް އާންމު ހާލަތަށް ގެނެސްފި

އެމްޑަބްލިއުއެސްސީ ބިލްޑިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ތިން ރަށެއްގައި އެމްޑަބްލިއުއެސްސީން ދެމުންގެންދާ ހިދުމަތްތައް އާންމު ހާލަތަށް ގެނެސްފި އެވެ.

ކޮވިޑް19އާ ގުޅިގެން ކުރި ލޮކްޑައުންއަށް ފަހު ގްރޭޓާ މާލެ ރީޖަންގެ އިތުރުން އެބްޑަބްލިއުއެސްސީން ހިދުމަތް ދެމުންގެންދާ ރަށްރަށުގައި އެކުންފުނިން ދެމުން ދިޔަ ހިދުމަތް އޮތީ މެދުކަނޑާލާފަ އެވެ.

އެކުންފުނިން ބުނީ މެއި 28 ވަނަ ދުވަހު ކަމާބެހޭ ފަރާތްތަކުން ލޮކްޑައުންއަށް ލުއިތަކެއް ދިނުމާގުޅިގެން އެކުންފުނިން ހިދުމަތްދެމުންދާ ރަށްރަށުގެ ތެރެއިން ރ. ދުވާފަރު، ކ. މާފުށި އަދި ކުޅުދުއްފުށި ސިޓީގެ ހިދުމަތްތައް މިއަދުން ފެށިގެން ކުރިން ދެމުން އައި ގޮތަށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން ވަކި އެއްޗެއް އަންގަންދެން އެ ތިން ރަށުގައި މެދުނުކެނޑި ހިދުމަތް ދެމުންދާނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

މީގެ އިތުރުން ގްރޭޓާ މާލެ ރީޖަންގައި އާންމު އުސޫލުން ހިދުމަތް ދޭން ފެށުމުން އެކަން އާންމުކޮށް އިއުލާނުކުރާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އެމްޑަބްލިއުއެސްސީގެ 24ގަޑިއިރު ގުޅޭ ހޮޓްލައިން ނަންބަރު 105 ގުޅުމުން ލިބޭނެ އެވެ.

comment ކޮމެންޓް