އެސްޓީއޯ ސުޕަމާޓާއި ހޯލްސޭލް ސެންޓަރު ހުޅުވާލައިފި

އެސްޓީއޯ ސުޕަމާޓް--- ފޮޓޯ: ސަން

އެސްޓީއޯ ސުޕަމާޓާއި ހޯލްސޭލް ސެންޓަރު އާންމުކޮށް ހުޅުވާލައިފި އެވެ.

އެސްޓީއޯއިން ބުނީ މިއަދު ހެނދުނުން ފެށިގެން ޝޮޕިން ޕާމިޓް އޮތް ފަރާތްތަކަށް އެސްޓީއޯ ސުޕަމާޓާއި ހޯލްސޭލް ސެންޓަރަށް ގޮސް ވިޔަފާރި ކުރެވޭނެ ކަމަށެވެ.

ސުޕަމާޓު ހުޅުވާފައި ހުންނަނީ ހެނދުނު 9:00 އިން މެންދުރުފަހު 3:00އަށް އަދި ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށެވެ.

ހޯލްސޭލް ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ.

އެހެން ނަމަވެސް ހުކުރު ދުވަސްތަކުގައި ސުޕަމާޓު ވެސް ހޯލްސޭލް ސެންޓަރު ވެސް ބަންދުވާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯގެ ސުޕަމާޓާއި ހޯލްސޭލް ސެންޓަރުގެ އިތުރުން އެހެން ފިހާރަތައް ބަންދުކުރީ އޭޕްރީލް މަހު މާލެއިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމުންނެވެ. ނަމަވެސް މިވީ މުއްދަތުގެ ތެރޭގައި ވެސް އާންމުންނަށް ޑެލިވަރީގެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް