ޗެކުން ފައިސާ ދައްކާ ފަރާތްތަކަށް އެމްޑަބްލިއުއެސްސީ އިން ލުޔެއް

އެމްޑަބްލިއުއެސްސީ ބިލްޑިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްޑަބްލިއުއެސްސީ އަށް ޗެކުން ފައިސާ ދައްކާ ފަރާތްތަކަށް އެ ކުންފުނިން ލުޔެއް ދީފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ކޮވިޑް19 އާއި ގުޅިގެން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް ޗެކުމެދުވެރިކޮށް ފައިސާ ދައްކަމުްނ ގެންދާ ވިޔަފާރިތަކާއި މުވައްސަސާތައް އަދި ޑޮމެސްޓިކް ކެޓަގަރީގެ ކަސްޓަމަރުންނަށް ޗެކުގެ ބަދަލުގައި ބޭންކު ޓްރާންސްފާ މެދުވެރިކޮށް ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ފައިސާ ފޮނުވުމަށް:

ދިވެހި ފައިސާ އެކައުންޓް: 7701101705001

ޑޮލަރު އެކައުންޓް:7701101705002

ފައިސާ ފޮނުވުމަށްފަހު، https://banktransfers.mwsc.com.mv/

ވަދެ މައުލޫމާތު ފުރިހަމަކުރުމަށް އެ ކުންފުނިން އެދެއެވެ.

މައުލޫމާތު ފުރިހަމަ ނުކުރާނަމަ އެކައުންޓް އަޕްޑޭޓު ވުމުގައި ލަސްތަކެއް ދިމާވެދާނެ ކަަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

ކޮވިޑާ ގުޅިގެން އެމްޑަބްލިއުއެސްސީ އިން ވަނީ ބިލަށް ފައިސާ ދެއްކުން އޮންލައިންކޮށް މީޓަރު ރީޑިން ނެދުމަށް ގޭގެއަށް ދިޔުމުގެ ބަދަލުގައި ކަސްޓަމަރުން ފޮޓޯ އެއް ފޮނުވައިގެން ރީޑިން ނަގާގޮތަށް ހަމަޖައްސައިފައެވެ.

comment ކޮމެންޓް