ހާއްސައެހީއަށް ބޭނުންވާ މީހަކު ވެއްޓިފައި އޮއްވާ ފޯނު ވަގަށް ނަގައި ވިއްކާލަން އުޅެފި

ތ. ތިމަރަފުށި: އެ ރަށުގަައި ހާއްސަ އެހީއަށް ބޭނުންވާ މީހަކު ވެއްޓިފައި އޮއްވާ އޭނާގެ ފޯނު ވަގަށް ނަގައި ވިއްކާލަން އުޅެފި ----

ތ. ތިމަރަފުށީގައި ހާއްސައެހީއަށް ބޭނުންވާ މީހަކު މަގުމައްޗަށް ވެއްޓިފައި އޮއްވާ އޭނާގެ ޖީބުގައި އޮތް ފޯނު ނަގައި ވިއްކާލަން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ފުލުހުން ބުނީ، އެ މައްސަލަ ތަހްގީގު ކުރަމުންދަނިކޮށް ފޯނު ވިއްކަން އުޅުނު މީހަކު ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 20 އަހަރާއި 30 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާއިރު ފޯނުގެ ވެރިފަރާތާ ފޯނު ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް