ގުރައިދޫ މަރު: 22 އަހަރުގެ ބަންގްލަދޭޝް މީހެއް ހައްޔަރަށް

ގުރައިދޫ ބަނދަރުމަތި: ޒަހަމްވި މައްސަލައިގައި ތުހުމަތު ކުރެވެނީ ޒަހަމްވި ބިދޭސީ މީހާއަށް --- ފޮޓޯ/ މޮޕިއޯ.ނެޓް

ތ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލި މައްސަލައިގައި 22 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މީހާ މަރާލާފައިވަނީ މެއި 21ވަނަ ދުވަހުގެ ރޭ 12:45 ހާއިރު ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަން ޖެހޭ ފޮރެންސިކް ހެކި ހޯދައި، ތަހުގީގު ފުރިހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ދަނީ ކުރިއަށް. އަދި ތުހުމަތު ކުރެވޭ ފަރާތް މެއި 21ވަނަ ދުވަހުން ފެށިގެން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހަރްޔަރު ކުރެވިފައި." ފުލުހުން ބުނެފައިވެ އެވެ.

އެ މާރާމާރީގައި މަރާލާފައިވަނީ ގުރައިދޫގައި ދަނޑުވެރިކަން ކުރުމުގައި އުޅެމުން އައި އުމުރުން 35-40 އަހަރާ ދެމެދު ބަންގްލޭޝަށް ނިސްބަތްވާ ޝާހުއާލަމް ނަމަކަށް ކިޔާ މީހެކެވެ.

އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ ސައިޓު ކުރިމަތިންނެވެ.

comment ކޮމެންޓް