އެކްޓަރު ނުޝްރަތު އަށް ބިރުވެރި ފިލްމެއް

ބަތަލާ ނުޝްރަތު---

ބޮލީވުޑްގެ އެކްޓަރު ނުޝްރަތު ބަރޫޗާ އަށް ބިރުވެރި ފިލްމަކުން ޖާގައެއް ލިބިއްޖެ އެވެ.

ބަތަލާ ނުޝްރަތު ކުރި ޓްވީޓެއްގައި ބުނީ އޭނާއަށް ބިރުވެރި ފިލްމަކުން ފުރުސަތު ލިބިއްޖެ ކަމަށާއި އެ ފިލްމު ކުޅެން އޭނާ އެއްބަސްވީ ދުވަހަކުވެސް ކުޅެލަން ނުލިބޭ ފަދަ ވަރުގަދަ ރޯލެއް ކުޅެލަން ލިބުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ނުޝްރަތު ބުނީ ބިރުވެރި ފިލްމުތަކަކީ އަބަދުވެސް ވަރަށް ކަމުދާ ޖޯންރާއެއްގެ ފިލްމުތަކެއް ކަމަށާއި މި ފިލްމު ކުޅެލަން އެއްބަސްވީ ޑައިރެކްޓަރު ފޫރިއާ އެކު މަސައްކަތްކޮށްލަން ބޭނުންވުމުން ކަމަށެވެ.

"ޗޯރީ" ނަމުން ނަންދީފައިވާ އެ ފިލްމުގެ ޝޫޓިން ފަށާނެ ތާރީޚެއްވެސް އިއުލާންކޮށްފައެއް ނުވެއެވެ. އަދި މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ވެސް އިއުލާންކޮށްފައެއް ނުވެއެވެ. އެ ފިލްމަކީ މަރާޓީ ފިލްމު "ލަޕަޗައްޕީ"ގެ ހިންދީ ރީމޭކެކެވެ.

ބަތަލާ ނުޝްރަތު އެންމެ ފަހުން ފެނިގެން ދިޔައީ ފިލްމު "ޑްރީމް ގާލް"އިންނެވެ.

comment ކޮމެންޓް