މިއަދު 81 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 81 އަށް އަރައިފި އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުން ހިއްސާކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 1672 އަށް އަރާފަ އެވެ.

މިއަދު މެންދުރުފަހު އައި 42 ޕޮޒިޓިވްވި ކޭހާއެކު އޭރު ޖުމުލަ ކޭސްތަކުގެ އަަދަދަކީ 1633 އެވެ. އެއާއެކު އޭގެ ފަހުން މިރޭ 9:00އާ ހަމައަށް އިތުރު 39 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ޖުމުލަކޮށް ބަލި ޖެހުނު މީހުންގެ ތެރެއިން އެކްޓިވް ކޭސްތަކުގެ އަދަދަކީ 1264 އެވެ. ބަލީގައި ފަސް މީހަކު މަރުވެފައިވާއިރު، 401 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

ކޮވިޑާ ގުޅިގެން ތަކުރާރުކޮށް ނެގި ސާމްޕަލްތަކާއެކު ޖުމުލަ 23860 ސާމްޕަލް މިހާތަނަށް އައިއިރު ވަނީ ނަގާފަ އެވެ. މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ޖުމުލަ އަދަދަކީ 1478 އެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 1291 މީހުން އެބަތިއްބެވެ.

comment ކޮމެންޓް