އިތުރު 42 ކޭސްއާއެކު ޖުމްލަ އަދަދު 1،633 އަށް

މެއި 28، 2020: މަޗީދީމަގުގައި އެމްބިއުލައިން ހަރަކާތްރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 42 މީހަކު ފެނި، ރާއްޖެއިން ކޮވިޑް19 ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 1،633 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ މިއަދުގެ ތިނެއް ޖެހުމާ ހަމައަށް ކޮވިޑް19 ގެ އިތުރު 42 ކޭސް ފެނިފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 28 މީހަކާއި، އިންޑިއާގެ 13 މީހަކާއި ދިވެއްސެއް ކަމަށެވެ.

މެންދުރު ތިނެއް ޖެހުމާ ހަމައަށް 42 ކޭސް ފެނިފައި ވާއިރު، ރޭ މެންދަމު 03:30 އާ ހަމައަށް 44 ކޭހެއް ވަނީ ފެނިފައެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 863 ބަންގްލަދޭޝް މީހުންނާއި، 555 ދިވެހީންނާއި، 165 އިންޑިއާ މީހުންނާއި، ނޭޕާލްގެ 23 މީހުންނާއި ލަންކާ ނުވަ މީހެއްގެ އިތުރުން ޕާކިސްތާންގެ ތިން މީހުން ހިމެނެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ އިބްރާހިމް އަފްޒަލް ވިދާޅުވެފައިވަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު 30 އާއި 50 އާއި ދެމެދު ހުންނަ ނަމަ އެއީ ނޯމަލް އަދަދެއް ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާތީ އެންއީއޯސީއިން ވަނީ މިހާރު ލޮކްޑައުންއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދީފަ އެވެ. އެގޮތުން ގެއަކުން ދެމީހުންނަށް ބޭރަށް ނުކުމެވޭގޮތް ހެދުމާއި، ބައެއް ފިހާރަތައް ހުޅުވުން ފަދަ ހުއްދަތަށް ދީފައިވެ އެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާއިރު 242 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް