ޖެނިފާ ލޮޕޭޒްގެ ކައިވެނި ފަސްކޮށްފި

ޖެނިފާ އަދި އޭނާގެ ލޯބިވެރިޔާ އެލެކްސް---

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް 50،ގެ ކައިވެނި ފަސްކޮށްފިއެވެ.

ކާމިޔާބު އެތައް ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ޖެނިފާ ބުނީ ކައިވެނި ފަސްކުރަން ޖެހުމަކީ ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށާއި އެކަމުގެ ސަބަބުން ހިތްހަލާކުވެފައިވާ ކަމަށެވެ. ޖެނިފާ އާއި އޭނާގެ ލޯބިވެރިޔާ މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ އެލެކްސް ރޮޑްރިގޭޒް (އޭ-ރޮޑް) 44، ކައިވެނިކުރަން ނިންމީ އިޓަލީގައެވެ. ނަމަވެސް ކޮރޯނާވައިރަސްގެ ސަބަބުން ކައިވެނި ވަނީ ތާރީޚެއްނެތް ގޮތަށް ފަސްކޮށްފައެވެ. އޭނާ ބުނީ ދެން ކައިވެނީގެ ތާރީޚެއް ކަނޑައަޅާނީ މި ކޮރޯނާއިން މުޅި ދުނިޔެ ހަމައަކަށް އެޅުމުން ކަމަށެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ދެމީހުން ލޯބީގެ ގޮތުން އުޅުމަށް ފަހު ޖެނިފާ އާއި އެލެކްސް އެންގޭންވެފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.

ޖެނިފާ އަދި އޭ-ރޮޑް ވެސް ވަނީ މީގެ ކުރިން ވެސް ކައިވެންޏެއް ކޮށްފައެވެ. އަދި ދެކައިވެންޏަށް ވެސް ވަނީ ދެކުދިން ލިބިފައެވެ. ޖެނިފާ އާއި އޭ-ރޮޑް އެންމެ ފުރަތަމަ ބައްދަލުވީ 2005 ވަނަ އަހަރު ޝޭ ސްޓޭޑިއަމްއިންނެވެ.

comment ކޮމެންޓް