"ސަތިިޔަމޭވާ ޖަޔަތޭ 2" ގައި ޖޯން އަބްރަހަމް ކުޅޭނީ ހަލްކް ފަދަ ރޯލެއް

ފިލްމުގެ ޕޯސްޓަރެއް--

ދެހާސް އަށާރަވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ސަތިޔަމޭވާ ޖަޔަތޭ"ގެ ސީކުއެލް "ސަތިޔަމޭވާ ޖަޔަތޭ 2" އިން ޖޯން އަބްރަހަމް ފެނިގެންދާނީ ސުޕަހީރޯ "ހަލްކް" ފަދަ ވަރުގަދަ ރޯލަކުން ކަމަށް ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ ބުނެފިއެވެ.

އޭނާ ބުނީ މި ފިލްމުގައި ޖޯން ކުރާނީ ހަލްކް ކުރާ ފަދަ މޮޅެތި ކަންތައްތައްކަމަށާއި މި ފިލްމު ފުރަތަމަ ފިލްމަށްވުރެ މާ ފުރިހަމަ ވާނެ ކަމަށެވެ. މިލަފް ބުނީ މި ފިލްމުގައި ޖޯން ކުޅޭނީ ކުރިން އޭނާ ފެނިފައިނުވާފަދަ ވަރުގަދަ އެކްޝަން ރޯލަކުން ކަމަށެވެ. ފިލްމުގެ ދެވަނަ ބައިގެ ޕޯސްޓަރުތަކެއް ވަނީ ހިއްސާކޮށްފައެވެ. މި ފިލްމު ޝޫޓިން ފަށަން ތައްޔާރުވެފައި އޮތް ނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ވަނީ ޝޫޓިންތައް ކެންސަލްކޮށްފައެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމީ މި އަހަރު އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ.

ނަމަވެސް އިންޑިއާ ލޮކްޑައުންކޮށްފައި އޮތުމާއެކު ފިލްމުގެ ޝޫޓިން އަދިވެސް ނުފެށި އޮތުމާއެކު މިއަހަރު މި ފިލްމެއް ނޭޅުވޭނެއެވެ.

ނޯރާ ފަތެހީގެ ދިލްބަރު ލަވައަކީ ވެސް ސަތިޔަމޭވްގެ ލަވައެކެވެ. "ސަތިޔަމޭވާ ޖަޔަތޭ" އަކީ ކޮރަޕްޝަނާ ދެކޮޅަށް ހިތްވަރުގަދަ ފުލުހެއް ކުރާ މަަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ.

comment ކޮމެންޓް