އުމުރުން ދުވަސްވީ ތިން މީހަކަށް ޖިންސީގޯނާ ކުރި ޒުވާނެއް ހައްޔަރުކޮށްފި

ދެކުނުގެ ރަށެއް: އައްޑޫ ސިޓީ މީދޫގައި އުމުރުން ދުވަސްވީ ތިން މީހަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ވަނީ ހައްޔަރު ކޮށްފައި --- ސަން ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް

އައްޑޫ ސިޓީ މީދޫގައި އުމުރުން ދުވަސްވީ ތިން މީހަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާގެ މައްސަލަ އެނެމް ފުރަތަމަ ހުށަހެޅުނީ، އުމުރުން 64 އަހަރުގެ އަންހެނަކު ރޭޕް ކުރަން އުޅުމުގެ ތުހުމަތުގައި އިއްޔެ އެވެ.

އުމުރުން ދުވަސްވީ އިތުރު ދެ މީހަކަށް ވެސް އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ އިއްޔެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އޭނާ ދެން ޖިންސީގޯނާ ކުރީ 65 އަހަރު އަދި 66 އަހަރުގެ ދެ މީހުންނަށް ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު 18 އަހަރުން ދަށުގެއް ކުއްޖަކު ރޭޕް ކުރަން އުޅުނު މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހްގީގް ކުރަމުންނެވެ.

ހުޅުލޭ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތް ކުރާ ފިރިހެން ފުލުހަކު އެތަނުގައި މަސައްކަތް ކުރާ އެހެން އިދާރާއެއްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްވެސް މިހާރު ފުލުހުން ދަނީ ބަލަމުންނެވެ. އޭގެ އިތުރުން ލ. އަތޮޅުގައި މަސްތުވެ ހުރެ ގެއަކަށް ވަދެ އަންހެނަކު ރޭޕް ކުރި މައްސަލައެއް ފުލުހުން މިހާރު ދަނީ ބަލަމުންގެންދެއެވެ.

comment ކޮމެންޓް