މިއަދު 32 މީހަކު ޕޮޒިޓިވްވެ ޖުމްލަ 1513 އަށް

މީހަކު ކަރަންޓީނަށް ގެންދިއުމަށް އެމްބިއުލައިންސްއަށް އަރުވަނީ: މިއަދު މިހާތަނަށް 32 މީހަކަށް ކޮވިިޑް ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭއިން މިއަދު ކޮވިޑް-19 އަށް 32 މީހަކު ޕޮޒިޓިވްވެ އެ ބަލި ޖެހުނު މީހުންގެ ޖުމްލަ 1513 އަށް އަރައިފި އެވެ.

އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 43 މީހެކެވެ. އެއާއި އެކު އިއްޔެއާ ހަމައަށް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ހުރީ 1481 ގަ އެވެ.

މިއަދު ޕޮޒިޓިވްވި 32 މީހުންނާ އެކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 1513 އަށް އަރާފަ އެވެ.

އިއްޔެ އެޗްޕީއޭ އިން އެންމެ ފުރަތަމަ ހާމަ ކުރެއްވީ 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ރޭ އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފިގު ވިދާޅުވީ، އެފަހުން އިތުރު 24 ކޭސް ފެނި އިއްޔެ ޖުމަލް 43 ކޭސް ފެނިފައިވާ ކަމަށެވެ.

ނަމަވެސް އެޗްޕީއޭގެ ޓްވިޓާއިން އިއްޔެ އެ 24 ކޭސް އަޕްޑޭޓް ނުކޮށް އެއާއި އެކު މިރޭ 10:00 އާއި ހަމައަށް 56 ކޭސް ފެނިފައިވާ ކަމަށް ވަނީ ޓްވީޓްކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ 16 ދިވެހިންގެ އިތުރުން 35 ބަންގަލަދޭޝީން އަދި ތިން އިންޑިއާ ރައްޔިތުން ކަމަށް ވެސް އެޗްޕީއޭ އިން މިރޭ ވަނީ ބުނެފަ އެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާއިރު 242 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް