ކޮވިޑާއެކު ޓޫރިޒަމަށް ކުރާ އަސަރާ ގުޅޭ ވެބިނާގެ ޕެނަލިސްޓަކަށްް މިނިސްޓަރު އަލީ

މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ: ޓޫރިޒަމް

ކޮވިޑް 19 އާި ގުޅިގެން ޓޫރިޒަމަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ކޮމަންވެލްތުން ސިލްސިލާކޮށް ބާއްވަމުން އަންނަ ވެބިނާ ތަކެއްގެ ތެރެއިން މިއަދުގެ ވެބިނާގައިވެސް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

"ދި އިކޮނޮމިކްސް އޮފް ކޮވިޑް19" ގެ ނަމުގައި ކުރިއަށްގެންދާ މި ސިލްސިލާ ވެބިނާ ތަކުގެ ތެރެއިން މިއަދުގެ ވެބިނާ ހާއްސަ ކޮށްފައިވަނީ "ކޮވިޑް19ސް އިމްޕެކްޓް އޮން ޓޫރިޒަމް، ޑެޓް އެންޑް ޑިޒާސްޓާ ރިސްކް މެނޭޖުމެންޓް" އަށެވެ. މިއަދުގެ ވެބިނާގެ ޕެނަލިސްޓެއްގެ ގޮތުގައި މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ފަތުރުވެރިކަމާއި ދަރަނި އަދިި ކާރިސީ ހިރާސް ބެލެހެއްޓުމާ ގުޅޭގޮތުން ވާހަކަ ދައްކާ މި ވެބިނާގައި މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ކޮމަން ވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައިޓް ޕެޓްރީޝިއާ ސްކޮޓްލަންޑާއި މޮލްޓާގެ ކުރީގެ ބޮޑުވަޒީރު ޖޯސެފް މުސްކަޓްގެ އިތުރުން ނެމްބިއާގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރު ނެޓުމްބޯ ނަންޑިންރައިޓްވާ އާއި ބާބަޑޯސްގެ ފިނޭންސް މިނިސްޓަރު ރަޔަން ސްޓްރޯންގު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މި ވެބިނާ އޮންނާނީ ރާއްޖެ ގަޑިން އިރުއޮއްސި 6:00ގަ އެވެ.

ކޮވިޑް-19 ފުރަބަންދާއި ގުޅިގެން އަޅާ ފިޔަވަޅުތަކާއި ކުރިއަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ކޮމަންވެލްތް އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލުން މީގެ ކުރިން ބޭއްވި ވެބިނާގައިވެސް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގަތެވެ.އެ ސެޝަންގައި މިނިސްޓަުރ ވަނީ ކޮވިޑް19ގެ ގެއްލުންތަކުން އަރައިގަނެ، އޮކްޓޫބަރު މަހު އިގްތިސާދު ހަމައަކަށް އެޅެން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް