ކުޅުދުއްފުށީގައި ކުއްލި ގޮތަކަށް ކުޑަ ކުއްޖަކު މަރުވެއްޖެ

ހދ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް: ފަސް އަހަރުގެ ކުޑަ އަންހެން ކުއްކަޖު މިއަދު އެ ރަށުގައި ކުއްލި ގޮތަކަށް ވަނީ މަރުވެފައި --- ސަން ފައިލް ފޮޓޯ: މުހައްމަދު ސަމާހު

ހދ. ކުޅުދުއްފުށީގައި ކުއްލި ގޮތަކަށް މިއަދު ކުޑަ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، ހަރަކާތެއް ނެތް ފަސް އަހަރުގެ އަންހެއް ކުއްޖަކު މިއަަދު ހަވީރު 4:30 އެހައިކަންހާއިރު އެ ހޮސްޕިޓަލަށް ގެނައި ކަމަށާއި އެ ކުއްޖާ ގެނައި އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

"ގެނައި އިރު ވެސް އެއްވެސް ހަރަކާތެއް އަދި ވިންދެއް ވެސް ނެތް. ޑޮކްޓަރު ލަފާ ކުރާ ގޮތުގައި ހޮސްޕިޓަލަށް ގެނައުމުގެ 15 ވަރަކަށް މިނެޓް ކުރިން ވަނީ ނިޔާވެފައި،" ހޮސްޕިޓަލުން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވި އެވެ.

އެ ކުއްޖާ މިއަދު މަރުވެފައިވާއިރު އެއްވެސް ބަައްޔެއް ހުންނަކަން އެނގިފައި ނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި މިއަދު ވެސް އު ކުއްޖާ އުޅެފައިވަނީ އެހެން ދުވަސްތަކެކޭ އެއްގޮތަށް އާންމުކޮށް އުޅޭގޮތަށް ކަން ވަނީ އެނގިފަ އެވެ.

comment ކޮމެންޓް