"ތްރީ އިޑިއަޓްސް"ގެ ބަތަލާގެ ރޯލު އެންމެ ފުރަތަމަ ލިބުނީ ކާޖޮލްއަށް

ކަރީނާ އާއި ކާޖޮލް---

މީގެ 11 އަހަރު ކުރިން ގެނެސްދިން ފިލްމު "3 އިޑިއަޓްސް" ގެ ރޯލު ކުޅެން އެންމެ ފުރަތަމަ ލިބުނީ ކާޖޮލް އަށް ކަމަށް އޭނާ ބުނެފި އެވެ.

ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކާޖޮލް ބުނީ ރާޖްކުމާރު ހިރާނީ ފިލްމުގެ ސްކްރިޓް އޭނާ އަތަށް ދިނުމުން އެ ކިޔާލުމުން އޭނާއަށް ކުޅެން ލިބުނު ރޯލުގެ އެއްވެސް ހާއްސަކަމެއް ނެތް ކަމަށް ފާހަގަކުރެވުނު ކަމަށެވެ. ކާޖޮލް ބުނީ އޭނާ ބޭނުންވީ ފިލްމުގައި އާމިރު ޚާންގެ ރޯލު ނޫނީ އޭނާ އާއެކު އުޅޭ ދެ އެކުވެރިންގެ ތެރެއިން ރޯލެއް ކުޅެން ކަމަށާއި އެވާހަކަ ރާޖްކުމާރު ގާތު ބުނަންވެސް ބުނިކަމަށެވެ.

"އެކަމަކު އޭނާ ހީކުރީ އަހަރެން ސަމާސާކުރަނީކަމަށް. އަސްލު އަހަރެން އެވާހަކަ ބުނީ ވަރަށް ސީރިއަސްކޮށް،"

ކާޖޮލް އެ ރޯލު ދޫކޮށްލުމުން އެ ރޯލުކުޅެން ލިބުނީ ކަރީނާ ކަޕޫރަށެވެ. ފިލްމުގައި ކަރީނާ ކުޅުނީ އާމިރުގެ ލޯބިވެރިޔާގެ ރޯލެވެ. މި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅުނީ އާމިރު، ޝަރުމަން ޖޯޝީ އާއި އާރް މަދަވަން އެވެ.

ތްރީ އީޑިއަޑްސް އަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

comment ކޮމެންޓް