ގެއަކަށް ވަދެ އަންހެނަކު ރޭޕް ކުރި ކަމުގެ ތުުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ލ.ގަން: އެ ރަށުގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވޭ ----

ލ. ގަމުގައި ގެއަކަށް ވަދެ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ގަމުގައި، މަސްތުވެގެ ހާލަތުގައި ހުރި މީހަކު ގެއަކަށް ވަދެ 20 އަހަރުގެ އަންހެނަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ މައްސަލައެއް މި މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރު ކުރީ މިއަދު އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް