ހޯމް އިމްޕްރޫވްމެންޓާ އީސްޓޯރުގެ ހިދުމަތް އަލުން ފަށަނީ

އެސްޓީއޯގެ ޑެލިވަރީގައި ސިފައިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓާއި އީ ސްޓޯރުގެ ހިދުމަތް އަންނަ މަހުގެ އެކަކުން ފެށިގެން އަލުން ދޭން ފަށަން ނިންމައިފިައެވެ.

ކޮވިޑާ ގުޅިގެން އެސްޓީއޯގެ ސުޕަމާޓުންދިން ހިދުމަތް އޮންލައިންކޮށް އީ ސްޓޯރު މެދުވެރިކޮށް ދިންނަމަވެސް މަސައްކަތުގައި އުޅޭ މުވައްޒަފުންތަކެއް ބައްޔަށް ޕޮޒިޓިވް ވުމުން އެސްޓީއޯ އިން ވަނީ އީސްޓޯރުގެ ހިދުމަތް ހަމައެކަނި ހޯލް ސޭލަރުންނަށް ދޭން ނިންމައިފައެވެ.

އެސްޓީއޯ އިން އީ ސްޓޯރުގެ ހިދުމަތް ފެށީ ކޮވިޑާ ގުޅިގެން އިޖުތިމާއީ ގައިދުރުކަން ޕްރޮމޯޓުކޮށް ފިހާރައަށް ނުގޮސް ގޭގައި ތިބެގެން ވިޔަފާރި ކުރެވޭނެ ގޮތް ތަނަވަސް ކުރުމަށެވެ. މާލެ ސަރަހައްދުން ކޮވިޑް19 ފެނި މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު އެންމެ ބާރުބޮޑުވީ އެސްޓީއޯގެ އީ ސްޓޯރަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމިގެ ހަފްތާއެއް ކުރިން އީ ސްޓޯރުގެ ހިދުމަތް ފެށި ކަމަށާއި ކުއްލިއަކަށް ގިނަ އޯޑަރުތަކެއް އައުމުން ޑެލިވަރީ މައްސަލަތައް ދިމާވި ނަމަވެސް ފަހުން އެކަން ހައްލު ކުރެވުނު ކަމަށެވެ.

އެސްޓީއޯގެ ޑެލިވަރީ އޯޑަރުތައް ބާރުބޮޑުވެ ސިފައިންވެސް ވަނީީ ޑެލިވަރީގެ މަސައްކަތުގައު އެހީވެފައެވެ.

ފަސް ހާހަށްވުރެ ގިނަ އޯޑަރު އެސްޓީއޯ އީސްޓޯރުން ނަގާފައިވާއިރު، ފަހުން ހިދުމަތް ދީފައިވަނީ ދުވާލަކު 300 އޯޑަރަށެވެ.

އެސްޓީއޯ އީ ސްޓޯރުން ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ބިހާއި އަލުވި، މުގު އަދި ކުޑަކުދިންގެ ކާނާ އާއި ނެޕީ ފަދަ ޒަރޫރީ ބާވަތްތައް ވިއްކިއެވެ.

comment ކޮމެންޓް