އިންޑިއާއިން މުސްލިމުންނާ ދެކޮޅުކަމަށް ބުނުމަކީ ބުހުތާނު ދޮގެއް: ތިލްމީޒާާ

ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެއިން-- ފޮޓޯ" ތިލްމީޒާ/ޓުވިޓާ

އިންޑިއާއިން މުސްލިމުންނާ ދެކޮޅުކަމަށް ބުނުމަކީ ބުހުތާނު ދޮގެއްކަމަށް ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެއިން ވިދާޅުވެއްޖެ އެވެ.

އިސްލާމީ ގައުމުތައް ހިމެނޭ ޖަމިއްޔާ (އޯއައިސީ)ން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ޕަކިސްތާނުގެ ސަފީރު މުނީރު އަކްރަމް ވިދާޅުވީ އިންޑިއާއިން މުސްލިމުންނާ ދެކޮޅު "އިސްލާމަފޯބިކް" އެޖެންޑާއެއް ސީދާ ޕްރޮމޯޓްކުރަމުންގެންދާ ކަމަށެވެެ.

ނަމަވެސް އެ ތުހުމަތުތަކަށް ރައްދުދެއްވައި ތިލްމީޒާވަނީ އިންޑިއާގެ ދިފާއުގައި ނުކުންނަވައިފަ އެވެ. އޭނާ ވިދާޅުވީ ނަސްލީތަފާތުކުރުންތަކާއި އަނިޔާވެރިކަން ދުނިޔޭގައި ވަރަށް ބޮޑަށް އިތުުރުވެފައިވާ ކަމަށާއި އެފަދަ އަނިޔާވެރިކަން އިސްކުރަނީ ވަކި ސިޔާސީ މަގުސަދެއް ކަމަށެެވެ. އަދި ދުނިޔޭގެ އެއްވެސް ތަނެއްގައި އެފަދަ ގޮތަކަށް ކަންތައްތައް ހިނގުމަށް ރާއްޖެއިން ހިތްވަރުނުދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް ވަކި ގައުމަކަށް އިނގިލި ދިއްކުރުމަކީ ހަގީގީ މައްސަލަ ވަކި ފަރާތަަކަށް އަނބުރާލުން. އޭގެ އަލީގައި އަޅުގަނޑު ބުނަން ދަންނަވާނީ އިންޑިއާފަދަ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އޮންނަ ގައުމަކުން އިސްލާމަފޯބިއާގެ ތުހުމަތުތަކެއް ކުރުން ވާނީ ސީދާ ބުހުތާނު ދޮގަކަށް،" ތިލްމީޒާ ވިދާޅުވި އެވެ.

ތިލްމީޒާ އިތުރަށް ވިދާޅުވީ އިންޑިއާއަކީ 200 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެއް ކަމަށާއި އަދި އިސްލާމްދީން އެގައުމުގައި އޮންނަތާ މިހާރު އެތަކެއް ގަރުނެއް ވެއްޖެކަމަށެެވެ. އަދި "އިސްލާމަފޯބިއާ" ފަދަ ތުހުމަތުތަކުގެ ސަބަބުން ދެކުނު އޭޝިއާގެ ހަމަޖެހުމަށް ބުރޫ އަރާނެ ކަމަށެެވެ.

"ސޯޝަލް މީޑިއާގައި މީހަކު ދައްކާހާ ދޮގުވާހަކަތަކަކީ އިންޑިއާގެ 1.3 ބިލިއަން މީހުންގެ އިހުސާސްތަކެއް ނޫން. އިންޑިއާއަށް އެކަނި ޓާގެޓްކޮށްގެން އޯއައިސީން ނަގާ ފިޔަވަޅުތަކަށް ރާއްޖެއިން ތާއިދު ނުކުރާނެ،" ތިލްމީޒާ ވިދާޅުވި އެވެ.

ތިލްމީޒާ އިންޑީއާގެ ދިފާއުގައި ނުކުންނެވިއިރު އިންޑިއާގެ ބީޖޭޕީ ސަރުކާރު އައި ފަހުން މުސްލިމުންނަށް ދޭ ހަމަލާަތައް ދަނީ ވަރަށް ބޮޑަށް އިތުރުވެފައެެވެ. އޭގެ އިތުރުން ކަޝްމީރުގެ މައްސަލައާއި އިންޑިއާގެ ރައްޔިތުކަން ބައެއް މުސްލިމުންނަށް ގެއްލޭ ގޮތަށް ފާސްކުރި ސިޓިޒަންޝިޕް ބިލަށް ދުނިޔޭގެ ވަރަށް މަޝްހޫރު ނިއުސް އޭޖެންސީތަކުންވެސް ދަނީ ފާޑުކިޔަމުންނެވެ.

comment ކޮމެންޓް