ފުރަބަންދާ ހިލާފުވި އެޑްވައިޒަރު މަގާމުން ދުރުނުކުރާތީ ބޮރިސްއަށް ފާޑުކިޔުން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން(ކ) އަދި ޗީފް އެޑްވައިޒަރު ޑޮމިނިކް ކަމިންގްސް (ވ)--

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ލަފާދެއްވާ އެންމެ އިސްބޭފުޅާ ޑޮމިނިކް ކަމިންގްސް މަގާމުން ދުރުކުރަން ދެކޮޅު ހެއްދެވުމުން، އެގައުމުގެ ޗާޗް އޮފް އިންގްލެންޑްސްގެ ގިނަ ބިޝޮޕުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ކޮރޯނާއާ ގުޅިގެން އިނގިރޭސިވިލާތުގައި އެޅި ފުރަބަންދުގެ ފިޔަވަޅުތަކަށް ޑޮމިނިކް މީގެ ކުރިން އެތައް ފަހަރަކު ވަނީ ގޮންޖައްސަވައިފަ އެވެ.

އެގޮތުން ޑޮމިނިކް ވަނީ އޭނާގެ މައިންބަފައިންގެ ކައިރީގައި ހުންނަންވެގެން ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގެ 260 މޭލަަށް ދަތުރުކުރައްވައިފަ އެވެ. އޭނާގެ އަނބިކަނބަލުންނަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ.

އެ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ބޮޑުވަޒީރު ބޮރިސް ވަނީ ޑޮމިނިކްގެ ދިފާއުގައި ނިކުންނަވައިފަ އެެވެ. އަދި ޑޮމިނިކް އަމަލުކުރެއްވީ ޒިންމާދާރުކަމާއެކުގައި ކަމަށާއި އަދި ގާނޫނޫ ހިލާފަށް އަމަކުރައްވައިފައި ނުވާކަމަށް ބޮރިސް ވަނީ ވިދާޅުވެފަ އެެވެ.

އެ މައްސަލައިގައި ޗާޗް އޮފް އިންގްލެންޑާ ސަރުކާރާ ދެމެދު ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެސް އުފެދިފަ އެވެ.

އިނގިރޭސިިވިލާތުގެ މެެންޗެސްޓާގެ ބިޝޮޕް ވިދާޅުވީ ސަރުކާރުން މާފަށް ނޭދޭނަމަ ސަރުކާރުގެ މިނިސްޓަރުންނަށް ދެން އިތުބާރު ނުކުރާނެ ކަމަށާއި އަދި ޗާޗް އޮފް އިންގްލެންޑްއިން ސަރުކާރާއެކު މި ބަލިމަޑުކަމުގައި މަސައްކަތްކުރަން ދަތިވާނެ ކަމަށެވެ.

ބްރިސްޓިލް ވިވިއޭނާ ފޯލްގެ ބިޝޮޕް ވިދާޅުވީ ބޮޑުވަޒީރު ރައްޔިތުންނަށް އެއްވެސް ވަރަކަށް އިހްތިރާމް ނުކުރާ ކަމަށެވެ.

އޭގެ އިތުުރުން ލިވާޕޯލް، ނިއުކާސަލް، ލީޑްސް، ނިޕޯން އަދި ޓްރޫގެ ބިޝޮޕްސްއިން ވަނީ ޑޮމިނިކް މަގާމުގައި ބަހައްޓަން ނިންމި ނިންމުމާމެދު ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. -- ބީބީސީ

comment ކޮމެންޓް