ސްޕެއިންއަށް އެތެރެވާ ބޭރު މީހުން ކަރަންޓީނުކުރުން ޖުލައިން ފެށިގެން ހުއްޓަލަނީ

ސްޕެއިންގެ މީހުން ލޮކްޑައުންގައި---

ސްޕެއިންއަށް އެތެރެވާ ބިދޭސީން ކަރަންޓީނުކުރުން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުއްޓާލުމަށް އެގައުމުން ނިންމައިފިއެވެ.

މީގެ ކުރިން އެގައުމަށް އެތެރެވާ މީހުން ދެ ހަފްތާ ވަންދަން ކަރަންޓީނު ކުރެއެވެ. ސްޕެއިންގެ ސަރުކާރުން ބުނީ އެގޮތަށް އަމަލުކުރަން ފަށަން އެގައުމުގެ ކެބިނެޓުން ނިންމީ އިއްޔެ ކަމަށެވެ.

މީގެ ކުރިންވެސް ސްޕެއިންގެ ފޮރިން މިނިސްޓަރު އަރަންޗާ ގޮންޒާލެޒް ލަޔާ ވިދާޅުވީ ޖުލައި މަސްތެރޭ އެގޮތަށް އަަމަލުކުރަން ފަށާނެކަމަށެެވެ. ނަމަވެސް ސީދާ ދުވަހެއް ވަކި ދުވަހެއް އޭރު ވިދާޅެއް ނުވެއެެވެ.

ސްޕެއިންއަކީ އަހަރަކު 80 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެކެވެ. އެގައުމުގެ ޖީޑީޕީގެ 12 ޕަސެންޓް ހިއްސާކުރަނީ ފަތުރުވެރިކަމެވެ.

ކަރަންޓީނު ކުރުން ހުއްޓާލުމަކީ ކުރިއަށް އޮތް ހޫނު މޫސުމުގައި އެގައުމަށް ފަތުރުވެރިން އަންނަން ވަރަށް ބޮޑު ބާރަކަށް ވާނެއެވެ.

ސްޕެއިންއިން އެފަދައިން އަމަލުކުރަން ނިންމިއިރު އަންނަ މަހުގެ އަށަކުން ފެށިގެން ކަރަންޓީނު ރުކުން ހުއްޓާލަން އިނގިރޭސިވިލާތުންވެސް ވަނީ ނިންމައިފައެވެ.

ސްޕެއިން ބޮޑު ލުޔެއް ދޭން ނިންމިއިރު، އެކި އެއާލައިންތަކުން މިހާރު ދަނީ ފްލައިޓްތައްވެސް ފެށުމަށް ތައްޔާރުވަމުންނެވެ. އީޒީޖެޓްއިން ބުނީ އެގައުމުން ޔޫރަޕްގެ 22 އެއާޕޯޓަކަށް އަންނަ މަހު 15 އިން ފެށިގެން ފްލައިޓްތައް ބާއްވާނެ ކަމަށެވެ.

މިހާތަނަށް ސްޕެއިންއިން ކޮވިޑް ޖެހިފައިވާ 235 ހާހަށް ވުރެ ގިނަ މީހުން ފެނިފައިވާއިރު ބަލީގައި 26,834 މީހަކު ވަނީ މަރުވެފައެެވެ.

(ބީބީސީ)

comment ކޮމެންޓް