އަމީން ހިޔާގައި ހަމަނުޖެހުން ހިނގީ ކެއުން ލަސްވެގެން

ބިދޭސީން ވަގުތީ ފެސިލިޓީއަށް ބަދަލުކުރުމަށް ރެޖިސްޓްރީކުރަނީ --- ފޮޓޯ: އިމިގްރޭޝަން

ހުޅުމާލޭގައި ބިދޭސީން ކަރަންޓީނު ކުރާ މަރުކަޒު ކަމަށްވާ ހުޅުމާލޭ، އަމީނީ ހިޔާގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގާފައިވަނީ ކެއުން ލަސްވެގެން ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީއިން) އިން ބުނެފިއެވެ.

އަމީނީ ހިޔާގައި ރޭގައި ހިނގި ހަމަނުޖެހުމެއްގައި އެތަނުގައި ކަރަންޓީނުކޮށްފައި ތިބި ބިދޭސީން ތަނުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނާ ދިމާލަށް ގޮނޑި ފަދަ ތަކެތި އުކާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނެފައިވަނީ ރަމަޟާން މަސް ނިމުމަށްފަހު އީދު ދުވަހުގައި އެތަނުގައި ތިބި ފަރާތްތަކަށް ކެއުން ލިބުން ލަސްވުމުން ހަމަނުޖެހުން ކުރިމަތިވާން ދިމާވި ކަމަށް ބެލެވޭ ކަމަށެވެ.

ކެއުމުގެ ކަންތައް ލަސްވާތީ އެ މައްސަލަ ހައްލު ކޮށްފައިވާ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފަައި ނުވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ވަނީ ފުލުހުން ބުނެފައެވެ. ރޭގައި އެ މައްސަލަ ހައްލުކޮށްފައިވަނީ ދެފަރާތުން ވާހަކަ ދައްކައިގެންނެވެ.

އަމީން ހިޔާގައި ހުރި މީހަކު ފްލޫ ކްލިނިކަށް ދިޔުމާއެކު އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން އެނގުނެވެ. މިދިޔަ މަހުގެ ފަހުކޮޅުގައި ފެންމަތިވި އެ ކޭސް އާއެކު އަމީން ހިޔާ ވަނީ ބަންދުކޮށްފައެވެ. މީގެކުރީން އަމީން ހިޔާގައި ތިބޭ ބިދޭސީންނަށް ހުއްދަ ނަގައިގެން ބޭރަށް ދިޔުމުގެ ފުރުސަތު އޮވެއެވެ.

comment ކޮމެންޓް