އޭދަފުށީގައި ޒަކާތުގެ ގޮތުގައި މީހަކަށް 5000 އެއްހާ ރުފިޔާ

ބ. އޭދަފުށި-- އީޓީ ފޮޓޯ/ފާރިހް

ބ. އޭދަފުށީގައި މި އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ 10 މީހުން ކަމަށާއި، އެއިން ކޮންމެ މީހަކަށް ފިތުރު ޒަކާތުގެ ގޮތުގައި 4948 ރުފިޔާ ބަހާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މިދިޔަ އަހަރު އޭދަފުށީގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ތިބީ އަށް މީހެކެވެ. ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ބޮލަކަށް 7،307 ރުފިޔާ ޖެހުނެވެ.

މިދިޔަ އަހަރު އޭދަފުށީގައި 2769 މީހަކު ޒަކާތުގެ ގޮތުގައި 58،460 ރުފިޔާ ވަނީ ދައްކައިފައެވެ.

ނަމަވެސް 3,339 މީހުންގެ އާބާދީއެއް އޮންނަ އޭދަފުށިން މި އަހަރު ޒަކާތް ދައްކާފައި ވަނީ 2557 މީހުން ކަމަށާއި، ޒަކާތުގެ ގޮތުގައި 49،485 ރުފިޔާ ލިބިފައިިވާ ކަަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ މިހާރު ފިތުރު ޒަކާތް އޭގެ ހައްގުވެރިންނަށް ބަހާފައިިވާ ކަމަށާއި، ޒަކާތުގެ ގޮތުގައި މީހަކަށް 4948 ރުފިޔާ ޖެހުނު ކަމަށެވެ.

މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީން، މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 349،079.37 ރުފިޔާ ލިބުނު އިރު، ފުވައްމުލަކު ސިޓީން ލިބިފައި ވަނީ ވަނީ 180،041.95 ރުފިޔާއެވެ.

comment ކޮމެންޓް