އާކް އިންް 300 އަށް ވުރެ ގިނަ ކުދިންނަށް އެހީ ދީފި

މެއި 24، 2020: "ތޫފާނު"ގެ ތެރެއިން އައި ހިމޭން ފިތުރު އީދު 1441 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ގެ ސަބަބުން ފުރަބަންދުކޮށްފައިވާ 10 ރަށެއްގެ 382 ކުއްޖަކަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ކާބޯތަކެތި ފޯރުކޮށްދީފި އެވެ.

އާކް އިން ބުނީ ކޮވިޑާ ގުޅިގެން ކުރިއަށްގެންދާ "އާކް އެއިޑް" ޕްރޮގްރާމުގެ ދަށުން މި ކުދިންނާއި ކުދިންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ކޮވިޑް 19ގެ ސަބަބުން އެކަނިވެރި މައިންނާއި ބަފައިން އަދި ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިން
ހިމެނޭ އާއިލާތަކަށް ކޮށްފައިވާ އަސަރު ބޮޑު ކަމަށެވެ.

ބައެއް އާއިލާތަކަށް އާމްދަނީ ލިބޭނެ މަގު ބަންދުވެ، އިގްތިސާދީ ދަތިކަން އިހުސާސްަކުރަންޖެހިފައިވާކަން އެ ޖަމްއިއްޔާ އިން ފާހަގަ ކުރެއެވެ.

މިފަދަ ބަލިމަޑު ހާލަތެއްގައިވެސް، ރަނގަޅު ކާނާ ލިބުމުގެ ހައްގުން އެއްވެސް ކުޑަ ކުއްޖަކު މަޙްރޫމްވެގެން ނުވާނެކަމަށް ގަބޫލު ކުރާ ކަމަށާއި އާކް އެއިޑް އަކީ ކޮވިޑް- 19 ގެ ސަބަބުން އަސަރުކޮށްފައިވާ އާއިލާތަކަށް ކޮންމެވެސް މިންވަރެއްގެ ލުޔެއް ފޯރުކޮށްދިނުމުގެ
ނިޔަތުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އާކްް އިން ބުންޏެވެ.

އާކް އެއިޑްގެ ދަށުން، 382 އަށް ވުރެ ގިނަ ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދީފައިވާ އިރު، މީގެ ތެރޭގައި
އެކަނިވެރި މައިންނާއި ބަފައިން ހިމެނޭ އާއިލާތަކާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނެއެވެ. މިހާތަނަށް ކާތޯކަތެއްޗާއި ޕެކެޖްތައް ފޯރުކޮށްދީފައިވަނީ:

  • މާލެ ސަރަހައްދުގައި 144 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް
    • ހދ. ކުޅުދުއްފުށީގައި 54 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް
    • ށ. ނަރޫދޫގައި 14 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް
    • ހއ. ތަކަންދޫގައި 2 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް
    • ހއ. އުލިގަމުގައި 9 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް
    • ށ. މާއުނގޫދޫގައި 14 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް
    • ނ. މަނަދޫގައި 31 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް
    • ކ. ތުލުސްދޫގައި 33 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް
    • ކ. ހިންމަފުށީގައި 30 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް
    • ށ. މިލަންދޫގައި 55 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް

އާކް އެއިޑްގެ ދަށުން ހަމަޖައްސައިދޭ އަސާސީ ކާބޯތަކެތީގެ ތެރޭގައި ހަނޑޫ، ފުށް، މުގު، ކިރު، މަސް ދަޅާއި ބިހުގެ އިތުރުން ބައެއް ބާތްތަކުގެ ތަރުކާރީ ދަޅު ހިމެނެއެވެ.

އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ލޯކަލް ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކުން ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންވާކަމަށް ފާހަގަކޮށްފައިވާ އާއިލާތަކުގެތެރެއިން ކުޑަކުދިން ހިމެނޭ ހުރިހާ އާއިލާތަކަށް އާކް އެއިޑް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

އާކް އެއިޑް ހިންގުމަށް ޔުނިސެފް އާއި ދިރާގު އަދި ބޭންކް އޮފް މޯލްޑިވްސް އިން ދޭ އެއްބާރުލުން އާކުން ފާހަގަ ކުރެއެވެ.

އާކްގެ ޕާރޓްނަރުންންގެ އިތުރުން މުޖުތަމަޢުގެ އަމިއްލަ ފަރުދުން މި ދަނޑިވަޅުގައިވެސް އާކް އެއިޑަށް ދޭ ދީލަތި އެހީއަށް
އެ ޖަމްއިއްޔާ އިން ޝުކުރު އަދާކުރެއެވެ.

އާކުން ބުނީ ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެ ޖަމްއިއްޔާ އިން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށެވެ.

comment ކޮމެންޓް