ކޮވިޑް-19: އިތުރު 17 މީހުން ރަނގަޅުވެ ޖުމްލަ 144 އަށް

މެއި 24، 2020: މާލެ ލޮކްޑައުންގައިވާ އިރު، މީހަކު ހިނގާފައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ މީހުންގެ އަަދަދު 144 އަށް އަރައިފި އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީ އިން ހާމަކޮށްފައިވާގޮތުން ބަލިން ރަނަގަޅުވި މީހުންގެ އަދަދު އޭރު އުޅެނީ 127 ގައެވެ. މިއަދު އާންމުކޮށްފައިވާ މައުލޫމާތާއެކު ރޭގެ ޕްރެސް އިން ފެށިގެން މިހާތަނަށް 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ބަލިން ރަނގަޅުވާ މީހުންގެ ރޭޓް އިތުރުވަމުންދާއިރު މިކަމާ ގުޅިގެން ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑޮކްޓަރު، ޑރ. މޫސާ މުރާދު ވިދާޅުވީ، މިހާރު ހަދަމުންދާ ޕީސީއާރު ޓެސްޓުން ބަލިން ރަނގަޅުވާ މީހުންގެ ރޭޓް ހިސާބު ކުރަން އުދަނގޫ ކަމަށެވެ. އަދި މިކަމުގައި ޓެސްޓު ކުރާ ގޮތް ބަދަލު ކުރަމާ މެދު ޓެެކްނިކަލް އެޑްވައިޒަރީ ގުރޫޕުން މަޝްވަރާ ކުރަމުންދާ ކަމަށްވެސް ޑރ. މުރާދު ވިދާޅުވިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު 58 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 1371 އަށް ވަނީ އަރައިފައެވެ. ބަލީގައި ހަތަރު މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް