މަޓާޓޯ އާއި އުރީދޫ ގުޅިގެން ވަގުތީ ހިޔާތަކާއި ކަރަންޓީނުގައި ތިބި މީހުންނަށް އީދު ކެއުން

މަޓާޓޯ އާއި އުރީދޫ ގުޅިގެން ވަގުތީ ހިޔާތަކާއި ކަރަންޓީނުގައި ތިބި މީހުންނަށް އީދު ދުވަހުގެ މެންދުރު ކެއުން ފޯރުކޮށްދިނުން -- ފޮޓޯ: ޓްވިޓާ/އުރީދޫ

މަޓާޓޯ އާއި އުރީދޫ ގުޅިގެން ވަގުތީ ހިޔާތަކާއި ކަރަންޓީނުގައި ތިބި މީހުންނަށް އީދު ދުވަހުގެ މެންދުރު ކެއުން ދީފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ދިމާވި މާލީ ދަތިތަކާހުރެ ކުލި ނުދެއްކޭ ފަރާތަކުގެ ތެރެއިން ބޯހިޔާވަހިކަން ގެއްލޭ މީހުންނަށް ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ތޮއްޖެހިފައިވާ ތަންތަނުގައި އުޅޭ ބިދޭސިންވެސް ދަނީ ވަގުތީ ހިޔާތަކަށް ބަދަލު ކުރަމުންނެވެ.

އުރީދޫ އާއި މަޓާޓޯ ގުޅިގެން މިއަދު ވަނީ މިފަދަ ތަންތަނުގައި ތިބި ހުރިހާ ފަރާތްތަކަށް މެންދުރު ކެއުން ފޯރުކޮށްދީފައެވެ.

ރޯދަ މަހުވެސް މަޓާޓޯ އިން ވަނީ އިތުރު ފަރާތްތަކާ ގުޅިގެން ރޯދަ ވީއްލުން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގެ ތެރެއިން މިއަދު ހެނދުނު އީދު ސައިވެސް ވަނީ ފޯރުކޮށްދީފައެވެ.

comment ކޮމެންޓް