ލ އަތޮޅުން ފެށިގެން އައްޑު އަށް ޔެލޯ އެލާޓް

މޫސުން ގޯސްވުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ.

މިއަދުގެ 10 އިން މާދަމާގެ 10 އަށް މޫސުން ކުރިއަށް ލަފާކޮށްފައިވާގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ފަސް ފޫޓާއި ހަތް ފޫޓަށް އުފުލޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެތީ މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް