އުރީދޫ އީދު އޮފާ މިމަހުގެ 26 އާ ހަމައަށް

ފިތުރުއީދާ ދިމާކޮށް އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަސ އޮފާއެއް ތައާރަފުކޮށްފިއެވެ. މި އޮފާގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް މަގޭ ޕްލޭން މެދުވެރިކޮށް ތިން ދުވަހުގެ މުއްދަތަށް ތިން ޖީބީ، 75 ރުފިޔާ އަށް ލިބޭނެއެވެ.

އުރީދޫ އިން ބުނީ މިއީ އީދުގެ މުނާސަބަތުގައި، އީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނަށް ހިއްސާކޮށްލުމަށް ތައާރަފުކުރި އޮފާ އެއް ކަމަށެވެ. މި އޮފާ ތައާރަފް ކުރެވިފައިވަނީ ގޭގައި ތބެގެންވެސް ދުރުގައިތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމަށް ކަމަށް އުރީދޫ އިން ބުންޏެވެ.

މި އޮފާ އެކްޓވޭޓު ކުރުމަށް އުރީދޫ އެޕަށް ލޮންއިން ވެލުމަށްފަހު، ސެލްފް ކެއާ ސެކްޝަނުން ރެކޮމެންޑެޑް ޕެކޭޖަސް ސެލެކްޓް ކޮށްލާށެވެ. ގެންގުޅޭ ނަންބަރަށް އެކްޓިވޭޓް ކުރެއްވުމަށް FOR MYSELF ޓެބް ނުވަތަ ރައްޓެއްސަކަށް މިޕެކް ހަދިޔާ ކުރެއްވުމަށް GIFT A FRIEND ޓެބް ހިޔާރު ކުރާށެވެ.

Eid Exclusive ޕެކްގައިވާ (+) ފާހަގައަށް ފިތާލުމަށްފަހު CONFIRM ބަޓަނަށް ފިތާލާ ފައިސާ ދައްކާލުމުން ޕެެކޭު އެކްޓިވޭޓުވީ އެވެ.

އުރީދޫގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި އޮފާ 26 މޭ ގެ 23:59 އާއި ހަމައަށް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

"އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފިތުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ އީދު ގޭގައި ފާހަގަކުރަންޖެހިފައި ވާއިރު ، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޢީދުގެ އުފާވެރިކަން ހިއްސާ ކުރުމަށް އަޅުގަނޑުމެންގެ މި އީދު އޮފާ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން." އުރީދޫގެ މެނޭޖާ، ބްރޭންޑް އެންޑް މާކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަމަޟާން މަހަށް ޚާއްސަކޮށްގެން ތައާރަފްކުރި ބައެއް އޮފާތަކުގެ ތެރެއިން 50 ޕަސެންޓް އެސްޓްރާ ޑޭޓާ އޮ އަފާދި 5x ޑެއިލީ ބޯނަސް ޑޭޓާ ހަ ރޯދަ ތެރޭގައިވެސް ކުރިއަށްދާނެކަމަށް އުރީދޫ އިން ބުންޏެވެ. 50 ޕަސެންޓް އެކްސްޓްރާ ޑޭޓާ އޮފާ ގެ ދަށުން އެކްޓިވޭޓް ކުރާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު 50 ޕަސެންޓް ޑޭޓާ އިތުރަށް ލިބޭނެއެވެ. 5x ޑެއިލީ ޑޭޓާ ބޯނަސް އޮފާ ގެ ދަށުން އުރީދޫ އެޕް މެދުވެރިކޮށް ކުރައްވާ 50 ރުފިޔާ, ނުވަތަ އެއަށްވުރެ މަތީގެ ކޮންމެ ރިޗާޖަކާއި އެކު 5x ޑެއިލީ ބޯނަސް ޑޭޓާ ލިބޭނެއެވެ.

ޑޭޓާ އޮފާ ތަކުގެ އިތުރުން އުރީދޫއިން ވަނީ އޮޕޯ ފޯނުތަކުގައި ވަނީ ވަރަށް ހާއްސސަ ޑިސްކައުންޓް އޮފާ އެއްވެސް ތައާރަފްކޮށްފައެވެ. މި ޑިސްކައުންޓަށް ފަހު އޮޕޯ A1K 52 ޖީބީ ފޯނު މިހާރު އެންމެ 2098.99 ރުފިޔާ އަށް އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ލިބޭނެ އެވެ.

comment ކޮމެންޓް