ބަލިމަޑުކަމުން ލިބޭ ގެއްލުމާ ގުޅިގެން އީޔޫ ބައިބައިވެދާނެ: ސޯރޯސް

އެމެރިކާގެ ބިލިއަނަރު ޖޯޖް ސޯރޯސް ވަނީ ބަލިމަޑުކަމުން ލިބޭ ގެއްލުމާ ގުޅިގެން -- ފޮޓޯ:

ލަންޑަން (މެއި 24): ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންއަށް ލިބޭ ގެއްލުމާ ގުޅިގެން އެ އިއްތިހާދު ބައިބައިވެދާނެ ކަމަށް އެމެރިކާގެ ބިލިއަނަރު ޖޯޖް ސޯރޯސް ބުނެފި އެވެ.

އުމުރުން 89 އަހަރުގެ ސޯރޯސް ބުނި ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން ޔޫރޯ ޒޯންގެ އިގުތިސާދަށް ލިބޭ ގެއްލުން "ގިނަ މީހުން ހީކުރާ ވަރަށް ވުރެ ދިގު މުއްދަތަކަށް" ދެމިގެންދާނެ އެވެ. އެހެންކަމުން އެންމެ ބޮޑު ގެއްލުންތައް ލިބިފައިވާ ގައުމުތަކަށް އެހީވުމަށް އީޔޫއިން 'ޕާޕެޗުއަލް ބޮންޑްސް' ނުވަތަ ބޮންޑު އަނބުރާ ދައްކަން ޖެހޭ ވަކި ތާރީހެއް ނެތި، އިންސްޓްރެސްޓް ދައްކަމުން ގެންދާ ފަދަ ބޮންޑުތައް ތައާރަފް ކުރުން ރަނގަޅެވެ.

"އާދަޔާ ހިލާފު ހާލަތްތަަކަށް އާދަޔާ ހިލާފު ފިޔަވަޅު ބޭނުންވޭ. ޕާޕެޗުއަލް ބޮންޑަކީ އެފަދަ ފިޔަވަޅެއް. އެއީ އާއްމު ހާލަތްތަކުގައި އަޅަން ވިސްނާނެވެސް ފިޔަވަޅެއް ނޫން. ނަމަވެސް އީޔޫއިން މިހާރު އެ ފިޔަވަޅު އަޅަން ނުވިސްނާ ނަމަ، އެ އިއްތިހާދަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިނުގަނެވިދާނެ،" ސޯރޯސް ބުންޏެވެ.

މީގެ އިތުރުން ޔޫރަޕްގެ ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ އިޓަލީ ފަދަ ގައުމުތަކުން، އިނގިރޭސިވިލާތް ގޮތަށް އިއްތިހާދުން ވަކިވާން ނިންމުން އެކަށީގެންވާ ކަމަށް ސޯރޯސް ބުންޏެވެ.

ޔޫރަޕްގެ ގައުމުތަކުގައި މިހާތަނަށް 1.4 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 559،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ޔޫރަޕިއަން ޔޫނިއަންއިން ވަނީ މި އަހަރު އެ އިއްތިހާދުގެ އިގުތިސާދު -7.5 ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާކޮށްފަ އެވެ.

comment ކޮމެންޓް