ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނީ އެންމެ މީހަކަށް

ކޮރޯނާވައިރަހުގެ ހާލަތު ހާމަކުރުމަށް އެންއީއޯސީއިން ބޭއްވި ޕްރެސްކޮންފަރެންސްގައި ޑރ. މޫސާ މުރާދު ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެންއީއޯސީ

ކޮވިޑް-19 އަށް ފަރުވާ ދެމުންދާ ފަރާތްތަކުގެ ތެރެއިން މިވަގުތު ވެންޓިލޭޓަރު ބޭނުންކޮށްގެން ފަރުވާ ދެމުން ދަނީ އެންމެ މީހަކަށް ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

އެ ސެންޓަރުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެެމްއެޗްގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވީ މިވަގުތު ވައިރަސް ޖެހި ފަރުވާ ދެމުން ދާ ފަރާތްތަކުންގެ ތެރެއިން ޑީއެޗް11 ގައި ފަރުވާ ދެމުންދަނީ އެންމެ މީހަކަށް ކަމަށެވެ.

އޭގެއިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައި 10 މީހަކަށް ފަރުވާ ދެމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ 10 މީހުންގެ ތެރެއިން ތިން މީހަކަށް އައިސީީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި ވެންޓިލޭޓަރު ބޭނުންކޮށްގެން ފަރުވާ ދެމުން ދަނީ އެތަނުން އެންމެ މީހަކަށް ކަމަށް ޑރ. މުރާދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 1،313 އަށް އަރާފައެވެ. އޭގެތެރެއިން 127 މީހަކު މިހާރު ބަލި ޖެހި ރަނގަޅު ވެފައިވާއިރު ހަތަރު މީހަކު ވަނީ ވައިރަސް އާ ގުޅިގެން މަރުވެފައެވެ.

comment ކޮމެންޓް