ތާށިވި ޓޫރިސްޓުން ތިބި ޑްރީމްލޭންޑް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް

ބ. އަތޮޅުގައި އޮންނަ ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓު ---- ފޮޓޯ : އަގޯޑާ

ބ. އަތޮޅުގައި އޮންނަ ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓުގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މިއީ ރާއްޖެއިން ނުފުރި ތާށިވެފައި ތިބި ޓޫރިސްޓުން ބައިތިއްބާފައިވާ ރިސޯޓެވެ.

އެމްއެންޑީއެފް އިންފޮމޭޝަންސް، މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ޑްރީމްލޭންޑް މޯލްޑިވްސްގައި މިއަދު 1:20 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޑްރީމްލޭންޑްގެ އަތިރިމަތީ ސަރަހައްދުގައި ހިމެނޭ ބާ ގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ އަލިފާނުގެ ހާދިސާ ހިނގުމާއެެކު މުވައްޒަފުން ވެގެން ވަނީ އަލިފާން ނިއްވާލާފައި ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ތިބި ރިސޯޓެއް ކަމަށްވާ ޑްރީމްލޭންޑުގައި ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާ ގައި އަލިފާނުގެ ހާދިސާއެއް ހިނގުމަށް މެދުވެރިވެފައިވާ ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.

comment ކޮމެންޓް