ފަސްމީރު މިވަރެއްނެތް ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް

މިއަހަރުގެ ރަމަޟާން މަހަށް ހާއްސަ ކޮށްގެން މިފްކޯ އިން ފެށި "ފަސްމީރު މިވަރެއް ނެތް" ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމައިފިއެވެ.

މިފްކޯ އިން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ މި ޕްރޮމޯޝަނުގެެ މުައްދަތު އިތުރުކުރީ ކޮވިޑް19 އާއި ގުޅިގެން އާންމު ދިރިއުޅުމަށް އައިސްފައިވާ ދަތިތަކާއެކު، ކަސްޓަމަރުންނަށް ދޭ އީދު ހަދިޔާއެއްގެ އިތުރުން ކަސްޓަމަރުންނަށް ކުންފުނިން ދޭ އެހީތެރިކަމެއްގެ ގޮތުން ކަމަށެވެ.

މިއާއެކު ރޯދަ ޕްރޮމޯޝަނުގައި މަސްދަޅުތަކުގެެ އަގަށް ގެނައި ހެޔޮ ބަދަލު އަންނަ މަހާއި ހަމައަށް ދަމަހައްޓަން އެ ކުންފުނިން ނިންމާފައިވާކަމަށް މިފްކޯ އިން ބުންޏެވެ.

މި ޕްރޮމޮޝަނުގެ ދަށުން ތެޔޮމަސް 48 ދަޅުގެ ކޭސް 640 ރުފިޔާއަށް އަދި ފެން މަހުގެ 48 ދަޅުގެ ކޭސް 595 ރުފިޔާއަށް ލިބޭނެއެވެ.

އެކުންފުނިން ބުނީ މިފްކޯގެެ ދަޅުމަހާއި މަހުގެ އެހެނިހެން ބާވަތްތައް މިފްކޯގެެ ފިހާރަތަކުންނާއި މަސްވެރިންގެ މެރީނާ ޝޮޕްތަކުން އަދި އައިސްޕްލާންޓުތަކުންވެސް ލިބޭނެ ކަމަށެވެ.

comment ކޮމެންޓް