އޭޑިކޭއިން ކޮވިޑް ޓެސްޓްކުރާއިރު އާސަންދަ ލިބޭނެ: މަބްރޫކް

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއޯއީސީ

މިހާރު ފެތުރެމުންދާ ކޮވިޑް 19 އަށްއޭޑީކޭއިން ޓެސްޓްކުރާއިރު އާސަންދަ ލިބޭނެކަމަށް ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެެ.

ކޮވިޑާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އޭޑީކޭއިން ކޮވިޑަށް ޓެސްޓްކުރެވޭނެ ކަމަށެެވެ.

" އާސަންދަ ތުރޫކޮށް ސަރުކާރުން ހަރަދުތަކެއްގައި ހިފައިގެން އެކަން ކުރާގޮތަށް އޮތީ" މަބްރޫކް ވިދާޅުވިއެވެ.

މިހާރުވެސް އޭޑީކޭއިން ދޭ ހިދުމަތްތަކުން އާސަންދަ ލިބެނީ ވަކި ޕަސެންޓެކެވެ. އަދި ބާކީ ބައި ދައްކަން ޖެހެނީ އަމިއްލައަށެވެ.

މަބްރޫކް ވިދާޅުވީ މިހާރު ކޮވިޑަށް ސާމްޕަލް ނަގައި 300-450 އާ ދެމެދުގެ އަދަދަކަށް ދުވާލަކު ނަތީޖާ ލިބޭ ކަމަށެވެެ.

" ވަރަށް ބައިވަރު މެނުއަލް މަސައްކަތްތަކެއް ހިމެނޭ ވަރަށް ރިސްކީ މަސައްކަތެއް މިއީ. އޭގެ ޕްރޮސެސް ހުންނަގޮތުން އެކި ދުވަސްދުވަހު ކޮންމެ ދުވަހަކު އެއް އަދަދަކަށް ނޫން ނަތީޖާ ލިބޭނީ. އެހެންނަމަވެސް އޭޑީކޭގައި ފެއްޓެވީމައި އެބޭފުޅުންގެ އަންދާޒާއަކީ ދުވާލަކު އެބޭފުޅުންގެ ފަރާތުންވެސް ދުވާލަކު 500 ޓެސްޓް ހެދޭނެކަމަށް." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ މިހާރު ސާމްޕަލް ނަގައިގެން ޓެސްޓްކުރުމުގައި އިސްކަންދެނީ ތަރުތީބަކަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ދުވަސްވީ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވާ މީހުންގެ ތެރެއިން އެއްގެއެއްގައި އެތައް ބަޔަކާ އެކީ އުޅޭ މީހުންނަށް އިސްކަންދޭ ކަމަށެވެ.

" ސާމްޕަލްތައް ލަސްވޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ކުރެވުނު ވަރަކަށް އިތުރުކުރަމުންދަނީ، ޕޮލިސް ލެބޯޓަރީގައިވެސް މިހާރު މަސައްކަތް ކުރަމުން އެބަދޭ. އަދި އޭޑީކޭގައިވެސް އެފެށެނީ. އެހެން ހޮސްޕިޓަލްތަކުގައިވެސް އެކަން ކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް ކުރަމުންދަނީ،" މަބްރޫކް ވިދާޅުވިއެވެ.

comment ކޮމެންޓް