އިތުރު ފަސް މީހަކު ބަލިން ރަނގަޅުވެއްޖެ

މެއި 22، 2020: ބިދޭސީން ދިރިއުޅޭ ސަރަހައްދެއްގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ފަސް މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

އެންއީއޯސީ އިން ބުނީ މިހާރު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ 109 އަށް އަރާފައިވާ ކަމަށެވެ.

މިއަދު ރަނގަޅުވި މީހުންނާ ގުޅޭ ތަފްސީލެއް އެންއީއޯސީ އިން ހާމައެއް ނުކުރެއެވެ.

ރާއްޖެއިން މިހާތަނަށް 1274 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއަދު 58 ކޭސް ފެނިފައިވާއިރު ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 39 ބަންގަލަދޭޝް މީހުން އަދި އިންޑިއާ މީހެކެވެ.

ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 452 ދިވެހީންނާއި، ބަންގްލަދޭޝްގެ 661 މީހުންނާއި، އިންޑިއާގެ 119 މީހަކާއި، ނޭޕާލް 16 މީހުންގެ އިިތުރުން، ލަންކާގެ ހަ މީހަކާއި ޕާކިސްތާންގެ ތިން މީހުން ހިމެނެއެވެ.

ކޮވިޑް19 ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ ހަތަރު މީހެކެވެ.

comment ކޮމެންޓް