ކޮރޯނާވައިރަސް: ޔޫކޭގައި ބަލި ފެތުރޭ މިންވަރު ހިފެހެއްޓިއްޖެ

އިނިގިރޭސިވިލާތުގެ މަގެއްގައި މީހަކު ހިނގައިފައިދަނީ---

ފާއިތުވި ދެ ހަފްތާވެސް އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރސް ނުވަތަ ކޮވިޑް-19 ފެތުރޭ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އެގައުމުން ބުނެފިއެެވެ.

އިނގިރޭސިވިލާތުން ބުނީ ފާއިތުވި ދެ ހަފްތާވެސް ކޮރޯނާގެ "އާރު ނަންބަރު" ނުވަތަ "ރިޕްރޮޑެކްޓިވް" ރޭޓް ހުރީ 0.7 އާއި އެކަކާ ދޭތެރޭ ހިފެހެއްޓިފައި ކަމަށެވެ.

އާރު ނަންބަރަަކީ އެކެއްގެ ގައިން އަނެކަކަށް ކޮރޯނާ ވައިރަސް ފެތުރޭ އެވްރެޖް އަދަދެވެ.

އާރު ނަންބަރު ދަށްނުވަނީ އަދިވެސް މީހުން ބަލަހައްޓާ ތަންތަނާއި ހޮސްޕިޓަލްތަކުގައި ބަލި ފެތުރޭތީކަމަށް ވަނީ ބެލެވިފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މީގެ ކުރިން ވިދާޅުވީ ބަލި ކޮންޓްރޯލްކޮށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމުގެ ގޮތުން އެންމެ ބޮޑަށް އިސްކަންދެނީ އާރު ނަންބަރު ދަށްކުރުމަށް ކަމަށެވެެ.

އާރު ނަންބަރު މާ މައްޗަށް އަރައިފިނަމަ އޭގެ މާނައކީ މާބޮޑަށް އާބާދީގެ ތެރޭގައި ފެތުރުމެވެ. އޭގެ ބަދަލުގައި އެ އަދަދު އެކަކަށް ވުރެ ދަށްކޮށް ހުރުމުގެ މާނައަކީ ބަލި ފެތުރޭ މިންވަރު ދަށްވުމެވެ.

ބޮޑުވަޒީރު ބޮރިސް މީގެ ކުރިން ވިދާޅުވީ އާރު ނަންބަރު މާ މައްޗަށް އަރައިފިނަމަ އަލުން ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

" މިހާރު އަޅާ ފިޔަވަޅުތަކާއެކު އާރު ނަންބަރު އަލުން މައްޗަށް ނުދާގޮތަށް ބަލަން ޖެހޭ. އެހެން ނޫނީ ކުރިން ބަލި ފެތުރުނު ގޮތަށް ބަލި ފެތުރިދާނެ" ބޮރިސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް ޖެހިފައިވާ 254،195 މީހަކު ފެނިފައިވާއިރު 36،393 މީހަކު ބަލީގައި ވަނީ މަރުވެފައެވެ.

ގާޑިއަން

comment ކޮމެންޓް