ފަތުރުވެރިކަން ފެށެންވާއިރަށް ޗައިނާގެ ޓްރެވަލް ޓްރޭޑުން ތަމްރީނު ކުރަނީ

ފަތުރުވެރިންތަކެއް ވީއައިއޭގައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮވިޑް19 އަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމުގެެ ކުރިން ޗައިނާ ޓްރެވަލް ޓްރޭޑުން ތަމްރީނު ކުރުމަށް ހާއްސަ ވެބިނާ އެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ރާއްޖެ އަކީ ޗަައިނާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށޭނަ މަންޒިލުގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް 10 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވެބިނާ އަކީ ޗައިނާގެ ފަތުރުވެރިންގެ ހަނދާނުގައި ރާއްޖެ ބޭއްވުމަށާއި ރާއްޖެއަކީ އެހެން ވާދަވެރި މަންޒިލުތަކަށްވުރެ ޗައިނާ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށީގެންވާ މަންޒިލުގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

ފާއިތުވި އަށް އަހަރަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިންނެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ވެބިނާގެ ފުރަތަމަ ސެޝަންގައި ޗައިނާގެ 550 އަށްވުރެ ޓްރެވަލް ޓްރޭޑަރުން ބައިވެރިވި ކަމަށެވެ. މި ވެބިނާ ކުރިއަށްގެންދަނީ ޗައިނާ ބަހުންނެވެ. ވެބިނާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މިހާރުގެ ހާލަތާއި ރާއްޖެއާއި ގުޅޭ އިތުރު ވާހަކަތައް ހިއްސާ ކޮށްފައިވާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި ވެބިނާ ސެޝަންތަކަކީ ވީހާވެސްގިނަ ފަރާތްތަކުން ޝައުގުވެރިވާނެފަދަ ސެޝަންތަކަށް ހެދުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ޝައުގުވެރިކަން ފާޅުކުރި 17 ފަރާތެއްގެ ޕްރޮޕަޓީސްތަކާ ގުޅޭ މައުލޫމާތު ވެބިނާގެ ބައިވެރިންނާ ހިއްސާކުރުމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައިވާއިރު މިހާލުގެ ހާލަތުން އަރައިގަނެ އަލުން ފަތުރުވެރިކަން ފަށަންވާއިރަށް ރާއްޖެ އަންނަ ޓުއަރިސްޓުންނަށް ރާއްޖެ އިޝްތިހާރު ކުރުމަށް ޑިޖިޓަލް ޕްރޮމޯޓިންގެ ބައި އެމްއެމްޕީއާރުސީ އން ވަނީ ވަރުގަދަކޮށްފައެވެ.

އެމްއެމްޕީއާރުސީ އިން ލަފާކުރާގޮތުގައި ހާލަތު ރަނގަޅުވެ ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާއިރު އެންމެ ފުރަތަމަ ފަތުރުވެރން އަންނަނ އެއް ގައުމަކީ ޗައިނާއަށް ވާނެއެވެ.

ކޮވިޑާ ގުޅިގެން ޗައިނާ މާކެޓުން މީހުން ގެނައުން ހުއްޓާލުމާއި ހަމައަށް އެ ގައުމުން 31،744 މީހުން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓުގެ ކުރިއެރުމެކެވެ.

comment ކޮމެންޓް