ލިޔެކިޔުން ނެތް 840 ބަންގްލަދޭޝް މީހަކު ފޮނުވާލެވިއްޖެ: ސަރުކާރު

ބަންގްލަދޭޝް މީހުން އެއާޕޯޓްގައި --

އެއްވެސް ލިޔެކިޔުމެއް ނެތި ރާއްްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އައި 840 ބަންގްލަދޭޝް މީހަކު މިހާތަނަށް އެ މީހުންގެ ގައުމަށް އެނބުރި ފޮނުވާލެވިފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

މި ހަފްތާ ކުރީކޮޅު، ސަރުކާރުން މަސައްކަތް ކުރީ ލިޔެކިޔުން ނެތް، މީހުންގެ ތެރެއިން ގައުމަށް އަނބުރާ ދާން ބޭނުންވީ ބަންގްލަދޭޝް މީހުން އެ ގައުމަށް ފުރުވާލުމަށެވެ.

ނަމަވެސް އިންޑިއާ-ބަންގްލަދޭޝްއަށް ކުރިމަތިވި ބާރުގަދަ ތޫފާން އަމްފާންއާ ގުޅިގެން އެ ފްލައިޓް ކެންސަލްވެފައި އޮތުމަށް ފަހު މިއަދު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި 352 މީހަކު އެ ގައުމަށް ފުރުވާލައިފަ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ އެ މީހުން އަނބުރާ ގައުމަށް ފުރުވާލުމުގައި ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މިދިޔަ މަހުގެ 21 އިން ފެށިގެން މިދިޔަ މަހެއްހާ ދުވަސް ތެރޭ މިއަދަ ހަމައަށް 840 ބަންގްލަދޭޝް މީހަކު އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށެވެ.

comment ކޮމެންޓް