މާސްކު ނެތް ކަމަށް ބުނި އިންޑިއާގެ ޑޮކްޓަރަކު މޮޔައިގެންގެ ހޮސްޕިޓަލަކަށް ގެންގޮސްފި

ޑރ. ރާއޯ ހައްޔަރުކޮށްގެން ގެންދަނީ---

މާސްކާއި އެހެނިހެން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއައި) ނެތް ކަމަށް ބުނި އިންޑިއާގެ ޑޮކްޓަރު މެންޓަލް ހޮސްޕިޓަލަކަށް ގެންގޮސްފި އެެވެ.

ހޭނައްތާ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޑރ، ސުދާކަރު ރާއޯ އެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަތާ 20 އަހަރު ވަނީ ވެފަ އެވެ.

މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ރާއޯ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑޮކްޓަރުންނަށް އެކަށީގެންވާ އަދަދަށް ޕީޕީއީ ނުލިބޭ ކަމަށެވެ. އަދި ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން މައްސަލަ ޖެއްސުމުން އެބައްދަލުވުމުން ނިކުންނަން އެންގިކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ކްލިޕް ވަނީ ފަހުން ވައިރަލް ވެގެން ގޮސްފަ އެވެ.

"އަޅުގަނޑުމެންގެ ކައިރީގައި ބުނީ 15 ދުވަސް ވަންދެން އެއް މާސްކް ބޭނުން ކުރާށޭ. އެއަށް ފަހުގައޭ އާ މާސްކެއް ލިބޭނީ،. ކިހިނެއްތޯ މިހެން ފުރާނަ އައްމައްޗަށް ލައިގެންތިބޭ ހާލުގައި ބަލި މީހުން ބަލާނީ،" އޭނާ ވިދާޅުވި އެވެ. ރާއޯ ވިދާޅުވީ އޭގެ ފަހުން އޭނާއަށް އެކި ކަހަލަ ގޮތްގޮތުން ފުރައްސާރަތައް ކުރިމަތިވަމުން ދިޔަކަމށެވެެ.

އޭނާ ހައިވޭއެއްގެ މަތީގައި ހައްޔަރުކޮށްގެން ގެންދާ މަންޒަރުތަކުން މުޅި ސޯޝަލް މީޑިއާ ވެސް ވަނީ ފުރާލައިފަ އެވެެ. ހައްޔަރުކޮށްގެން ގެންދާއިރު ޑޮކްޓަރު ހުރީ ހުސްގަޔާއެެވެ.

އޭނާ ފުލުހުންނާ ދިމާއަށް ހަޅާލަވާ މަންޒަރުތައް ވެސް ވަރަށް ރީއްޗަށް ފެނެއެވެެ.

ފުލުހުން ބުނީ އެ ޑޮކްޓަރު މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށާއި އަދި އޭނާގެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެެވެ.

ރާއޯ، ހައްޔަރުކޮށްގެން ދިޔަ މަގުމަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާލުވީ ފުލުހުން އޭނާ މަގުމަތީގައި އުޅެނިކޮށް ފުލުހުން އައިސް ހުއްޓުވައި ކާރަށް އަރުވަން މަސައްކަތް ކުރި ކަަމަށެވެެ.

"އެ މީހުން އައިސް އަހަރެންގެ ފޯނާއި ވޮލެޓް އަތުލީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މަގުމަތީގައި ބޮއެގެން އުޅޭކަމަށް މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އަދި މަގުމަތީގައި ހުރި ފުލުހުން ބެރިކޭޑެއް ފަޅާލައި އޭނާ ދާން އުޅުނު ކަމަށާއި އަދި އޭނާ ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުން ކަމަށެވެ. -- ބީބީސީ

comment ކޮމެންޓް